ads
ހޯމްލޭންޑް މިނިސްޓަރު އިހުސާން - ފޮޓޯ:ހޯމްލޭންޑް މިނިސްޓްރީ
ރިހެބިލޭޓްކުރާ ކުދިންނަށް 18 ވުމުން ސިފައިން ނުވަތަ ފުލުހުންގެ ހިދުމަތަށް
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓް ކުުރުމަށްފަހު އުމުރުން 18 އަހަރު ފުރުމުން ފުލުހުން ނުވަތަ ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރަން ޖެހޭ ގޮތް ހަދާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ އަހާ ސިލްސިލާގެ ތިންވަނަ ފޯރަމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ކުށް ކުރުމުން އެ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށް ކުރުމަށް ނިންމާފައި ވަނީ އެ އުމުރުގެ ކުދިންގެ ފަރާތުން ކުށް ކުރުވުމުގެ މައްސަލަތައް ފެންމަތިވަމުންދާތީ ކަމަށެވެ.

މި އެޑްމިނިސްޓްރޭޝަނުން ނިންމާފައި ވަނީ ކުށްކުރާ ކުއްޖާ ކުށުގެ މާހައުލަށް ހުށަހެޅި ހައްޔަރުކުރާ ހިސާބުން ވަގުތުން އެ ކުއްޖަކަށް ޑިޕާޓްމެންޓް އޮފް ޖުވެނިއަލް ޖަސްޓިސް (ޑީޖޭޖޭ) އިން ފަރުވާ ދޭން ފެށުމަށްފަހު، ޖުވެނައިލް ކޯޓުން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ޝަރީއަތުގެ ކަންކަން ނިންމުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވެފައި ވަނީ އެފަދަ ކުދިން ރިހެބިލިޓޭޓް ކުރަން ލޯންގްޓާމް ކެއާ ފެސިލިޓީ ގާއިމު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ ހިދުމަތް ދޭން ވަކި ރަށެއް ކަނޑައަޅައި، އެ ރަށުގައި ކުދިން ތަރުބިއްޔަތު ކުރާނެކަން އިހުސާން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކުދިންނަށް ބޭނުންވާ ދީނީ، އަސާސީ އަދި އުމުރާ ގުޅޭ ތައުލީމާއި ސްކިލް ޑިވެލޮޕްމަންޓާއި އަހުލާގީ ކަންކަމުގެ އިތުރުން ކޮންޓެކްޓް ސްޕޯޓްސް ތައާރަފުކޮށް، 18 އަހަރު ފުރެންދެން އެ ރަށުގައި ކުދިން ގެންގުޅޭނެ ކަމުގަ އެވެ.

"އަށާރަ އަހަރު ވުމަށް ފަހު އެ ކުދިންނަކީ ސިފައިންގެ ނުވަތަ ފުލުހުންގެ ހިދުމަތަށް ސީދާ ޖޮއިން ކުރާނެ ކުދިން ކަމުގައި ކަނޑައަޅަން. އެއަށްފަހުގައި ފަސް ވަރަކަށް އަހަރު ހިދުމަތުގައި ތިބެފައި ދެން އެ ކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ދޭން.،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރައީސްގެ އެ ސިޔާސަތުގެ ދަށުން ކަންކަން ކުރިއަށް ގެންދެވިއްޖެ ނަމަ، ގޭންގުތަކާ ގުޅޭ ކުދިންނާއި މާރާމާރީގައި ބައިވެރިވާ ކުދިންނާ އަދި މަގުމަތީގައި އަޅައިނުލެވި ތިބޭ ކުދިންގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް