ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވަނީ، 43،200 ކިއުބިކް މީޓަރު ވެލި ގޮނޑުދަށަށް އެޅުމާއި، 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 235 މީޓަރުގެ ސަރަހައްދެއްގއި ޖިއޯބޭގް ރިވެޓްމެންޓް ހިމެނެ އެވެ.
މީގެ އިތުރުން، 240 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގޮރޮއިން ޖެހުން އަދި 20 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިދިޔަ ސަރުކާރުން މިދިޔައަހަރު ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނީ 24.54 މިލިއަން ރުފިޔާ އަށެވެ.