ads
އިންތިހާބެއްގައި ވޯޓުލުން ކުރިއަށް ދަނީ - ފޮޓޯ:އީސީ
ހަ ރަށެއްގެ ކައުންސިލް ބައި އިލެކްޝަން، އީސީން އިއުލާންކޮށްފި
ހަ ރަށެއްގެ ކައުންސިލް ބައި އިލެކްޝަންގެ ވޯޓު ފޮށި ބަހައްޓާތަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.

މޭ 4 ވަަނަ ދުވަހު ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ހަަމަޖެހިފައިވާ 6 ރަށަކީ މ.މަޑުއްވަރީ، ހއ. އުތީމު، ނ.ލަންދޫ، ނ.ވެލިދޫ، ހއް.ތަކަންދޫ އަދި ރ. އިންނަމާދޫއެވެ. އެގޮތުން މިރަށްތަކުގަައި އިންތިހާބުކުރާ ކައުންސިލްގެ މަގާމުތަަކަކީ:

  • މަޑުއްވަރީ- ކައުންސިލް ރައީސް އިންތިހާބުކުރުން
  • އުތީމު، ލަންދޫ، ވެލިދޫ- ކައުންސިލް މެމްބަރު އިންތިހާބުކުރުން
  • ތަކަންދޫ، އިންނަމާދޫ - ކައުންސިލްގެ އަންހެން މެމްބަރުން އިންތިހާބުކުރުން

އެގޮތުން އިލެކްޝަން ކޮމިޝަނުން  ވަނީ މި ބައި އިލެކްޝަންއަށް ބަހައްޓާ މި ވޯޓުފޮށިތަކުގެ ކޯޑު، ވޯޓުފޮށިތަކުގެ ނަން، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށިތައް ބަހައްޓާ ތަން އާންމުކޮށްފައެވެ.

އެގޮތުން ހއ. ތަކަންދޫ 1 ނަންބަރު ވޯޓު ފޮށި ބެހައްޓުމަށް ހަަމަޖެހިފައިވަނީ އެ ރަށު ޕްރީ ސްކޫލް ހޯލުގައި ކަަމަށްވާއިރު ލަންދޫގެ 1 ނަންބަރު ވޯޓު ފޮށި ބެހެއްޓުމަށް ހަަމަޖެހިފައިވަނީ  ލަންދޫ ޕްރީ ސްކޫލް ހޯލުގައެވެ. މީގެ އިތުރުން ނ.ވެލިދޫ 1 ނަންބަރު ވޯޓު ފޮށި އެ ރަށު ޕްރީސްކޫލްގައި ބެހެއްޓުމަށް ހަަމަޖެހިފައިވާއިރު ވެލިދޫ 2 ނަންބަރު ވޯޓު ފޮށި ބެހެއްޓުމަށް ހަަމަޖެހިފައިވަނީ ވެލިދޫ ޕްރީސްކޫލްގެ ގައެވެ.

އިތުރު ވޯޓު ފޮށިތައް ބެހެއްޓިފައިވާ ސަރަހައްދުތައް:

  • ރ. އިންނަމާދު 1 ނަންބަރު ވޯޓޫ ފޮށި- ހިޔާރު ޕްރީ ސްކޫލް ހޯލް
  • މަޑުއްވަރި 1 ނަންބަރު ވޯޓު ފޮށި- މަޑުއްވަރި ކައުންސިލް ދަސްވެނިވި މާލަން
  • ބައި އިލެކްޝަން އަތޮޅު މާލެ 1 ނަންބަރު ވޯޓު ފޮށި- މާލެ ދަރުބާރުގެ
  • ބައި އިލެކްޝަން  އަތޮޅު މާލެ 2 ނަންބަރު ވޯޓު ފޮށި - މާލެ ދަރުބާރުގެ 
  • ބައި އިލެކްޝަން އަތޮޅު މާލެ 3 ނަންބަރު ވޯތު ފޮށި- މާލެ ދަރުބާރުގެ

މީގެ އިތުރުން ދ، ކުޑަ ހުވަދޫ ކައުންސިލް ރައީސް، ލ. ގަމު ކައުންސިލް މެމްބަރު އަދި މ. މުލަކު އަތޮޅުގެ ކައުންސިލް މެމްބަރު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން ވެސް ޖޫން 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާކަން އިލެކްޝަން އިން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އެ ގޮތުން މި މަގާމުތަަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު އޭޕްރީލް 30 ހުގެ މެންދުރު 2 އަކުން ފެށިގެން މޭ 15 ގެ މެންދުރުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް