ads
ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔުމަށް ބަޔަކު އެއާޕޯޓްގައި
ހައްޖަށް ގެންދާ އަގު ކުޑަކުރުމަށް މަސައްކަތްތައް ފަށަައިފިން: ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިވެހިން ހައްޖަށް ގެންދާ އަގު ކުޑަ ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖު ފަންޑެއް ގާއިމްކޮށް ހައްޖަށް ދިއުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 

ރާއްޖެއިން ހައްޖަށް ގެންދާ 1000 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ހަވާލުކުރުމަށް މދިޔަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުމުގެ މަސައްކަތް ފަށާ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވެފަ އެވެ. 

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ވިދާޅުވީ ހައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ކުންފުޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހައްޖު ކޯޕަރޭޝަން ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ހައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ޝަކީލް ވިދާޅުވި އެވެ. 

ހައްޖު ކޯޓާ ކޯޕަރޭޝަނާއި ހަވާލުކުރުމަށް މިދިޔަ ޑިސެމްބަރު 26ގައި ބޭއްވި ރަސްމިއްޔާތެއްގައިވެސް ޝަކީލް ވިދާޅުވީ ހައްޖަށް މީހުން ގެންދަން ނަގާ އަގު ކުރިޔަށް އޮތް ދެތިން އަހަރުގެ ތެރޭގައި ކުޑަކުރެވޭނެކަމަށެވެ. 

" ހައްޖަށް ދިޔުމަށް ދައްކަންޖެހޭ އަދަދު މިއަށްވުރެ ކުޑަކުރެވޭނެ ގޮތްތަކަކާއި ގުޅޭ ގޮތުން މިހާރު ވެސް މިދަނީ މަޝްވަރާކުރެވެމުން. އެކި ދާއިރާތަކުން އިންވެސްޓުކޮށްގެން ވިޔަސް ދައްކަން ޖެހޭ ފައިސާގެ އަދަދު ކުޑަކުރުުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އޭރު ޝަކީލް ވިދާޅުވި އެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ލިބުނު 1000 ކޯޓާ ވަނީ ހައްޖު ކޯޕަރޭޝަނަށް ދީފައެވެ. އެ ކޯޓާގެ ތެރެއިން ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ 50 މީހުންނަށްވެސް ވަނީ ޖާގަދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް