ads
އެމްޑީޕީގެ ލީޑާޝިފް. ޕާޓީގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ދެ އިންތިހާބު ނާކާމިޔާބީއަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ
ޖެހިޖެހިގެން ދިޔަ ދެ އިންތިހާބބުގެ ނާކާމިޔާބީއަށްފަހު އިދިކޮޅު އެމްޑީޕީގައި ގައުމީ މަޖިލިސް މިރޭ ބާއްވަން ނިންމައިފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބު ނާކިޔާބީ ލިބިފައިވަނިކޮށް މިދިޔަ މަހުގެ 21ގައި ބޭއްވި ރައްޔިތުން މަޖިލީހުންގެ އިންތިހާބުގައިވެސް އިދިކޮޅު އެމްޑީޕީ ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ. 

93 ދާއިރާއަށް މެމްބަރުން ހޮވި އިިންތިހާބުގައި 90 ދާއިރާއަށް ވާދަކޮށް އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ. މިހާތަނަށް މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބެމުންދިޔަ ހުރިހާ ސިޓީތަކާއި ރަށްތަކުން އެޕާޓީގެ ކެންޑިޑެޓުން މިފަހަރު ވަނީ ބޮޑުތަނުން ބަލިވެފަ އެވެ. 

ޕާޓީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ކުރިމަތިވި ނާކާމިޔާބީން އަރައިގަތުމަށް ޕާޓީ ތެރޭގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ. އަދި މިރޭ ޕާޓީގެ ގައުމީ މަޖިލިސް އޮންނާނެކަމަށްވެސް ފައްޔާޒު ވިދަޅުވި އެވެ. 

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ޕާޓީގެ ލީޑާޝިޕަށް ފާޑުކިޔާ ޕާޓީގައި އިސްކޮށް ތިބި މީހުން ބަދަލުކުރަން ގިނަ ބަޔަކު ވަނީ ގޮވާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް