ads
ޑެލްބޮސްކޭ
ސްޕެނިޝް ފުޓްބޯޅައިގެ ވަގުތީ ވެރިއަކަށް ޑެލްބޮސްކޭ
ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ބޭއްވުމާ ހަމައަށް ފެޑެރޭޝަން ވަގުތީ ގޮތުން ހިންގުމުގެ އިސް ޒިންމާ، ސްޕެއިނަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކޯޗު، ޑެލް ބޮސްކޭއާ ހަވާލުކޮށްފިއެވެ.

ރެއާލް މެޑްރިޑަށް ވެސް ކުރިން ކޯޗުކޮށްދިން ޑެލް ބޮސްކޭ އަންނަނީ އެ ގައުމުގެ ފުޓްބޯޅައިގައި ހުރި މައްސަލަތައް ހައްލުކުރަން އެކި ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ. ސްޕެނިޝް ފެޑެރޭޝަންގެ ހިންގުން ކޮމިޓިއަކާ ހަވާލުކުރިއިރު، އެ ކޮމިޓީގެ ޗެއާމަނަކަށް، ހަމަ ޖައްސާފައިވަނީ ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ މަޝްހޫރު ކޯޗު ވިސެންޓޭ ޑެލް ބޮސްކޭއެވެ. 

ޑެލްބޮސްކޭ އެ މަގާމަށް އައްޔަން ކުރިއިރު، ކޮރަޕްޝަންގެ މައްސަލައެއްގައި ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް، ލުއިޒް ރުބިއާލެސްވަނީ ހައްޔަރުކޮށްފައެވެ.  އޭނާ ހައްޔަރުކުރިއިރު ހުރީ ސަސްޕެންޑްވެސް ކޮށްފައެވެ. އެއީ މިދިޔަ އަހަރު އަންހެން ވޯލްޑް ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން ސްޕެއިންގެ ކުޅުންތެރިއެއްގެ ނުރުހުމުގައި އޭނާ އަށް ބޮސްދިން މައްސަލައިގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް