ads
ދެ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު އެމްޑީޕީން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފައްޔާޒާއި ޝާހިދު
ފައްޔާޒު ވިދާޅުވީ އިސްއުފާނުދޭނެކަމަށް، ޝާހިދު އެދުނީ ފައްޔާޒު އިސްތިއުފާ ނުދޭން
ބޮޑު ދެ ބައްޔަށްްް ފަހު އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕް އިސްތިއުފާ ދޭން ގޮވާލި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅު ވެއްޖެއެވެ.
Advertisement

ފައްޔާޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ މަޖިލިސް ޖަލްސާ ނިންމާލުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

ރައްޔިތުން މަޖިލިސް އިންތިހާބުގައި މައި އިދިކޮޅު ގައި މިހާރު އޮތް އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ގިނަ ބަޔަކު އަންނަނީ ޕާޓީގެ ލީޑާޝިޕް އިސްތިއުފާދިނުމަށް ގޮވާލަމުންނެވެ. އަދި ހާއްސަކޮށް ފައްޔާޒުގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ. 

ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ އިންތިހާބު ނާކާމިޔާބުވީ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އެކަން ދިރާސާ ކުރަމުން އަންނަކަމަށެވެ. އަދި އޭނާގެ އިސްތިއުފާއަށް ގޮވާ އެކަމަށް ބޮޑަށް ވަކާލާތު ކުރަމުން އަންނަނީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. 

" އިސްތިއުފާގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެންނަށް ފާހަގަވަނީ އެއި އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތައް ކަން އެކަމަށް ބޮޑަށް ވަކާލާތު ކުރައްވަނީ. އަޅުގަނޑުމެން ބައެއް މެމްބަރުންގެ ވެސް އިޝޫޒް ހުންނާނެ. އަދި އެއީ ކީ މައްސަލައެއް ވެސް ނޫން. އެކަމަކު ވެސް މިވަގުތު އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ އިސްތިއުފާއަށް ގޮވާމުންދާތީ އެކަމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ފައްޔާޒަށްް އިޝާރާތް ކުރައްވާ އެދިވަޑައިގެންނެވީ ފައްޔާޒު އިސްތިއުފާ ނުދެއްވުމަށެވެ. އެމްޑީޕީ އަދި ވެރިކަމަށް ގެންނާނެކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

" އަޅުގަނޑު ޗެއާޕާސަން އަރިހުން އެދެން އެއްވެސް ހާލެއްގައި އިސްތިއުފާ ދެއްވައިގެން ނުވާނެ. ،އަޅުގަނޑުމެންނަކީ މިއަދު ލީޑާޝިޕްގައި ތިބި މީހުންނަކީ ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކޮށްފައި ފިލާނެ ބައެއް ނޫން. އަޅުގަނޑުމެން ތިބޭނީ ސާބިތުކަމާއި އެކީގައި. އަޅުގަނޑުމެެންގެ މެމްބަރު އަޅުގަނޑުމެންނާއި ހަވާލުކރި އަމާނާތަށް ވަފާތެރިކަންމަތީގައި." އެމްޑީޕީގެ އާ ރައިސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޕާޓީގެ އިސް ސަފުން އާއްމުކޮށް ފެންނަ އަދި އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރޭ| ބ|ޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަކުން ނުފެނެއެވެ. 

ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ދެ ވަނަ ރިޔާސީ ދައުރެއް ކާމިޔާބު ނުވެ ދެން ކުރިމަތިލީ މަޖިލިސް އިންތިހާބުގައިވެސް އެޕާޓީ ވަނީ ބޮޑު ބައްޔަކުން ބަލިވެފައެވެ. މަޖިލިސް އިންތިހާބުގައި 90 ދާއިރާއަކަށް ވާދަކޮށް އެމްޑީޕީން އަށް ލިބުނީ އެންމެ 12 ގޮނޑިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް