ads
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޔޫއޭއީގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު ބިން އަލްނަހްޔާން
ރައީސުލްޖުމްހޫރިއްޔާ، ޔޫއޭއީގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔޫއޭއީގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު ބިން އަލްނަހްޔާނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
Advertisement

ޔޫއޭއީގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ރައީސް ފޮނުއްވާފައި ވަނީ އެ ގައުމުގެ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަދި ޝާހީ އާއިލާގެ އިސް ބޭފުޅެއް ކަމަށްވާ ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އިއްޔެ އަވަހާރަވުމާ ގުޅިގެންނެވެ.

ޔޫއޭއީގެ ރައީސަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ޝައިހް ތަހްނޫން އަވަހާރަވުމާ ގުޅިގެން ކުރިމަތި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުންނާ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޔޫއޭއީގެ ޝާހީ އާއިލާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ.

ޝައިހް ތަހްނޫނަކީ ޔޫއޭއީގެ އިރުމަތީގައި އޮންނަ އަލްއައިން ސަރަހައްދުގައި އެ ގައުމުގެ ރައީސްގެ ފަރާތުން ހުންނަވާ މަންދޫބެވެ. އޭނާ ފާހަގަވެފައި ވަނީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. ޝައިހް ޒައިދުގެ ޒައާމަތުގައި ޝައިހް ތަހްނޫން ވަނީ ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ވެސް ފުުރުއްވާފަ އެވެ.  ޝައިހް ޒައިދުގެ ޒައާމަތަށްފަހު ވެސް ސަރުކާރުގެ އިސް މަގާމުތަކެއް އެމަނިކުފާނު ވަނީ އަދާކުރައްވާފަ އެވެ.

ޝައިހް ތަހްނޫން ކައިވެނި ބައްލަވައިގަތީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދުގެ ކޮއްކޯފުޅަކާ އެވެ. އުމުރުފުޅުން 82 އަހަރުގައި އަވަހާރަވިއިރު، ޝައިހް ތަހްނޫންގެ 10 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

ޔޫއޭއީގެ ސަރުކާރުން ވަނީ ޝައިހް ތަހްނޫން އަވަހާރަވުމާ ގުޅިގެން ކުރިއަށް އޮތް ހަތް ދުވަހަކީ ގައުމީ ހިތާމައިގެ ހަތް ދުވަސް ކަމުގައި ކަނޑައަޅާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް