ads
'ދަ ޕްރެސް' ނޫހުގެ އެޑިޓަރު އަލީ ޝަމްއާން ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
'ދަ ޕްރެސް' ނޫހުގެ އެޑިޓަރު ޝަމްއާނަށް ސްޓޭޓް މިނިސްޓަރުކަން
'ދަ ޕްރެސް' ނޫހުގެ އެޑިޓަރު އަލީ ސަމްއާންއަށް މި ސަރުކާރުން ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފިއެވެ.

ޝައްމާން އައްޔަންކޮށްފައިވަނީ ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. 

އޭނާ ވަނީ މި ހަފްތާ ތެރޭގައި މިނިސްޓްރީއަށް ވަޒީފާއަށް ނުކުންނަން ފަށާފައެވެ.

ސަމްއާނަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ އެއް ފައުންޑަރެވެ. އަދި ނޫސްވެރިކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޖަމްއިއްޔާއެއް ކަމަށްވާ އެޑިޓާސް ގިލްޑުގެ ވެސް މެންބަރެކެވެ.

ސަމްއާން ވަނީ 2020 ވަނަ އަހަރު, ނޫސްވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ހާސިލުކޮށްފައެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި ޔޫތު މިނިސްޓްރީގައި 2 ސްޓޭޓް މިނިސްޓަރުންނާއި 9 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ. ރައީސް އޮފީހުގެ ވެބްސައިޓް ގަވައިދުން އަޕްޑޭޓް ނުކުރާތީ އަދި ސިޔާސީ މަގާމުތައް ހާމަނުކުރާތީ އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ ޖުމްލައެއް ނޭނގެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް