ads
ޑރ. ރަމްޝާ: އޭނާ އަވަހާރަވީ ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ތައިލެންޑްގައި --- ފޮޓޯ/ސޯޝަލް މީޑިއާ
ޑރ. ރަމްޝާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ކެންސަރު ބަލީގައި ޑރ. އާމިނަތު ރަމްޝާ އަވަހާރަވުމުން އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިރޭ "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

އޭނާގެ ވަކިވުމާއެކު ގައުމަށް ގެއްލިގެން އެ ދިޔައީ ކުޅިވަރުގައި މައިދާނުގައި ރީތި ނަމޫދާ ދެއްކެވި މޮޅު އެތުލީޓެއް ކަމާއި އިންސާނަށް ހިދުމަތް ކުރުމުގައި ރެއާ ދުވާލު މަސައްކަތް ކުރެއްވި ވާގިވެރިއަކާއި ބަލި މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިތްވަރު ދެއްވި އޯގާތެރި އެހީތެރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މަރްޙުމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި އެވެ. ކީރިތިﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ މަރްޙޫމާއަށް މިންވަރުކުރައްވާށިއެވެ. އާމީން،" ރައީސް ވިދާޅުވި އެވެ.

ޑރ. ރަމްޝާ ނިޔާވެފައިވަނީ ބެންކޮކްގައި ކެންސަރަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ. ރަމްޝާ ކެންސަރު ޖެހިފައިވާކަން 2020 ވަނަ އަހަރު އެނގުމާއެކު ތައިލޭންޑަށް ދިރިއުޅުން ބަދަލުކުރައްވައި، ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.

ދުވުމުގައި ވެސް ފާހަގަކޮށްލެވުނު ރަމްޝާ އަވަހާރަވީ ކިޔެވުން ފުރިހަމަ ކުރެއްވުމަށް ބެންކޮކްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް