މައުލޫމާތު ލިބިފައިވާ ގޮތުގައި ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ށ. ފުނަދޫ ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 60 އަހަރުގެ މި ފިރިހެން މީހާ ސިހުރު ހަދަން މަސައްކަތް ކޮށްފައި ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.
ފުނަދޫ ދާއިރާގެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ މަންޑޭއެވެ. މަންޑޭ އިންތިހާބު ކާމިޔާބުކޮށްފައިވަނީ 1698 ވޯޓުންނެވެ.