ads
އައްޑޫ ސިޓީއަށް ރަނގަޅަށް ފެން ނުލިބޭތާ މަހެއްވަނީ
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން ލިބުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަސްވެފައިވާކަމަށް މޭޔަރު އަލީ ނޒާރު ވިދާޅުވެއްޖެއެވެ.

ވެރި ރަށް މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫއަށް ސިޓީގައި ފެނުގެ ހިދުމަތް ކެނޑެމުން އަންނަނީ މޭޔާ އަލީ ނިޒާރު ވަނީ އެ ސިޓީއަށް ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކައަށް ފާޑު ވިދާޅުވެފައެވެ. 

މޭޔާ ނިޒާރު ވިދާޅުވީ ފެނުގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްވުމުން ރައްޔިތުންގެ ޝަކުވާ ވަނީ އިތުވެފައިކަމަށެވެ. އަދި މިކަން ހައްލު ނުވެ އޮތުމަކީ ފެނަކައިގެ ނުކުޅެދުންތެރިކަންކަމަށްވެސް އަލީ ނިޒާރު ވިދާޅުވިއެވެ. 

" އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެންސަޕްލައި ކޮއްދިނުނުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަހާއި ގާތްވެފައިވާއިރު ، މިކަމުގައި ރައްޔިތުންގެ ޝަކުވާ ދަނީ އިތުރުވަމުން. އަދި މިކަމަށް ހައްލު ހޯދަން މިހާ ދުވަސްނަގަން ޖެހުމަކީ ނުކުޅެދުމެއް. މިތަކްލީފަށް އަވަސް ހައްލެއް ހޯއްދަވައި ދެވުމަށް ފެނަކަ މެނޭޖްމަންޓަށް ދަންނަވަން." އަލީ ނިޒާރު އެކްސްގައި ކުރެއްވި ޓްވީޓްގައިވެއެވެ.

އައްޑޫ ސިޓީގެ ފެނާއި ކަރަންޓާއި ދޭތެރެ ދޭތެރެއިން އަންނަނީ މައްސަލަ ޖެހުމުންނެވެ. އަޑޫ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން ސަރުކާރުން ވަނީ ދާދި ފަހުން 282 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައެވެ. އަދި ފެނަކައިން ހިންގަމުން އައި ފެނޭ ނަރުދަމާގެ 16 މަޝްރޫއެއްވެސް އެމްޑަބްލިޔުއެސްސީ އާ ހަވާކުރުމަށް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް