އާއްމުކޮށް ސްކޫލް ބަންދުވާ ދުވަހު އައު އަހަރުގެ ޓެކްސް ފޮތްތައް ހަވާލުކުރި ނަމަވެސް މި އަހަރު އަދި ފޮތްތައް ހަވާލުކޮށްފައެއް ނުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެއާ އަތޮޅުތަކުގެ ސްކޫލްތަކަސް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމށެވެ. އަދި ބައެއް ރަށްތަކަށްް މިހާރު ޓެކްސް ފޮތްތައް ފޮނުވާ ނިމިފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ފޮތްތައް ނުލިބޭ ސްކޫލްތަކަށް ވަރަށް އަވަހަށް ފޮތްތައް ހަވާލުކުރާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމުނީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަދުވަހުއެވެ. އަހަރީ ޗުއްޓީ ނިންމާ އައު އަހަރުގެ ކިޔެވުން ފަށާނީ މިމަހުގެ 26 ވަނަދުވަހުއެވެ.
މިއަހަރު  ފެށޭ ދިރާސީ އަހަރުގެ ކިޔެވުން ނިންމާ އަންނަ އަހަރު ސްކޫލްތަކުގެ ދަރިވަރުން ބޮޑު ބަންދަށް ދާނީ އަންނަ ރޯދަމަހުއެވެ.