މި ހިބަރު ބޭނީ ނ. ކެނދިކުޅުދޫއަށް ނިސްބަތްވާ މަސްވެރިޔާ ޖައުފަރު އީސާއެވެ. އޭނާއާއި ފިރިހެން ދަރި ކުޑަ ޑިންގީއެއްގައި އިއްޔެ މަހަށް ނުކުމެ އުޅެނިކޮށް ހިބަރު ބޭނުނީ މެންދުރެއްހާއިރު އެވެ.
އެ ހިބަރު ބޮޑުކަމުން ޑިންގީއަށް ނަގާފައިވަނީ ރަށު އިތުރު މީހަކު ގެންގޮސް އެމީހާގެވެސް އެހީތެރިކަމާއި އެކުއެވެ. އެ ހިބަރު ނަގަން އުޅުމުގެ ތެރޭގައި ޖައުފަރުގެ އަތުގެ އެކި ތަންތާގައި ވަނީ ފޮޅު ލާފައެވެ.
ދެ ބަފައިން ބޭނި ހިބަރު ކިރާ ވިއްކާލަނީ
މި ހިބަރު ވިއްކާލައިގެން ޖައުފަރަށްް ވަނީ 6900 ވުރެ ގިނަ ރުފިޔާ ހޯދާފައެވެ.20 ކިލޯއެއްގެ މަގުން ހިބަރު ގަތީ . މާއުނގޫދޫގައި ލޮނު މަހުގެ ވިޔަފާރިކުރާ ވިޔަފާރިވެރިއެކެވެ.
ޖައުފަރަކީ މަސްވެރިކަމުގައި 30 އަަހރު މަސައްކަތް ކޮށްފައިވާ ކުލަދާނަ މަސްވެރިއެކެވެ.