އެމްޑަބްލިއުއެސްސީން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި މާލީ ނަތީޖާއިން ދައްކުވައިދެނީ ކުންފުންޔައް ދިމާވި ގޮންޖެހުންތަކާއިއެކުވެސް ކުރިއެރުން ހާސިލްކުރި މިންވަރު އަދި ފައިދާއާއި އޮޕަރޭޝަނަލް އެފިޝަންސީ އިތުރުކުރުމަށް ގެންގުޅޭ އުކުޅުތަކަށް ވެސް ދޭ ސަމާލުކަން ކަަމަށެވެ.
ފާއިތުވި 2023 ވަނަ އަހަރުގެ ކުއާޓާއަށް ވުރެއް މިއަހަރުގެ ކުއާޓާގައި ރެވެނިއު ތަންކޮޅެއް ދައްކަމަށް އެމްޑަބްލިއިއެސްސީން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މައިގަނޑު ގޮތެއްގައި އުފެއްދުންތެރިކަމުގެ ދާއިރާތަކުން ރެވެނިއު އިތުރުވިނަމަވެސް މަޝްރުއުތަކާ ގުޅުންހުރި އާމްދަނީ ދަށްކަމަށް ފާހަގަވާކަމަށް އެމްޑަބްލިއުއެސީން ވަނީ ހާމަކޮށްފައެވެ. އެފަދަ ކަން ކަން މެދުވެރިވިނަމަވެސް އެމްޑަބްލިއުއެސްސީގެ އަހަރުގެ ފުރަތަމަ ކުއާޓަގެ ގްރޮސް ޕްރޮފިޓް 181 މިލިއަން ރުފިޔާ އަދި ނެޓް ޕްރޮފިޓް 76.3 މިލިއަން ރުފިޔާ އަށް އަރާކަަމަށް އެމްޑަބްލިއުއެސްސީން ވަނީ އުފަލާއިއެކު ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން އެމްޑަބްލިއުއެސްސީން ބުނީ މި ކުރިއެރުމަކީ ކޮސްޓް މެނޭޖްމަންޓާއި އޮޕަރޭޝަނަލް އޮޕްޓިމައިޒޭޝަންގައި ކުންފުނިން ކުރަމުންދާ މަސައްކަތުގެ ނިޝާނެއް ކަމަށް ފާހަގަކޮށްފަ އެވެ.
ކުރިމަގުގައި އިގްތިސާދަށް އަންނާނެ ބަދަލުތައް ޔަގީން ނުވިނަމަވެސް ދުނިޔޭގެ ހާލަތަށާއި ތަރައްގީއަށް ބަލާއިރު ކުރިއަށް އޮތް ކުއާޓާގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށްވެސް އެމްޑަބަްލިއުއެސްސީން ވަނީ ފާހަގަކޮށްފަ އެވެ.
ފުރަތަމަ ކުއާޓާގައި އެމްޑަބްލިއުއެސްސީން ވަނީ އުފެއްދުންތެރިކަމާއި ޔޫޓިލިޓީ ގެ ދާއިރާއިންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިކަން އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ. ޕަވާ އިންފްރާސްޓްރަކްޗާގެ މުހިންމު މަޝްރޫއުތައް ނިންމުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި އިސްނެގުން ފަދަ ކަންކަމުން ދައްކުވައިދެނީ މުވައްޒަފުންގެ ހިދުމަތްރތެރިންކަން ކަމަށް އެމްޑަބްލިއެސްސީން ވަނީ ފާހަގަކޮށްފަ އެވެ.