ads
އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ 4 ވަނަ އެޑިޝަން މިއަދު ފެށުން
އެމެރިކާގެ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އެކްސަސައިޒެއް ފަށައިފި
އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ 4 ވަނަ އެޑިޝަން މިއަދު ފަށައިފި އެވެ.
Advertisement

އެމެރިކާގެ ނޭޝަނަލް ގާޑްސްއަކީ ކޮންމެ ސްޓޭޓެއްގައި ހިމެނޭ ރިޒާވު ސިފައިންގެ ފޯސްގެ މައްޗަށް އެކުލެވޭ އަސްކަރީ ގޮތްޕެކެވެ. ކޮންމެ ސްޓޭޓެއްގެ ނޭޝަނަލް ގާޑްސްގެ ކޮންޓްރޯލް އޮންނަނީ އެ ސްޓޭޓެއްގެ ސަރުކާރަށާއި މައި ސަރުކާރުގެ އަތްމަތީގަ އެވެ.

އެމެރިކާގެ ސަރުކާރުން ރައީސް ނުވަތަ ޑިފެންސް ސެކްރެޓަރީ ނުވަތަ ކޮންގްރެސްއިން ހަނގުރާމައިގެ ހާލަތު އިއުލާނު ކުރުން ނުވަތަ ކާރިސާގެ ވަގުތުތަކުގައި ފެޑެރަލް ސަރުކާރަށް ނޭޝަނަލް ގާޑްސްގެ ސިފައިންގެ އެހީތެރިކަން ދޭން ޖެހެ އެވެ. އަދި, ސްޓޭޓެއްގެ ގަވަރުނަރަކު ކުއްލި ހާލަތު އިއުލާނު ކުރުމުން ވެސް ހިދުމަތަށް ނުކުންނަން ޖެހެ އެވެ.

ނޭޝަނަލް ގާޑްސްގެ މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ އާންމު ވަޒީފާ އަދާކުރާ މީހުންނެވެ. މި ރިޒާވް ސިފައިންގެ ފޯސްގައި މިވަގުތު 443,543 ސިފައިން އެބަތިއްބެވެ. އޭގެ ތެރެއިން މޮންޓާނާ ސްޓޭޓުގައި 4,000 އަށްވުރެ ގިނަ ސިފައިން ތިބެ އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ (ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފަ އެވެ. އޭގެތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދިއުން ހިމެނެއެވެ.

މީގެތެރެއިން އިންފެންޓްރީ އެސްއެމްއީއީ ލ.ކައްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެހެން ހުރިހާ އެސްއެމްއީއީތަކެއް ކުރިއަށް ދާނީ މާލޭގައެވެ.

ބްރިގޭޑް ނުވަތަ ބެޓާލިއަން ލެވެލްގައި އިންޓަގްރޭޓެޑް ކްރޮސް ފަންކްޝަނަލް ސްޓާފުން ލީޑުކޮށް ބެލެހެއްޓުމަށް އެންމެ އެކަށޭނެ ޓީޓީޕީއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި މި އަހަރުގެ އެކްސަސައިޒްގެ ތެރެއިން، "ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް" ގެ ނަމުގައި އައު އެންޑީވަރއެއް އެމްއެންޑީއެފާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ. 

މި އެންޑީވަރއާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި، މިލިޓަރީ ޕްލޭނިންގ ޕްރޮސެސްއާއި ޓްރެއިނިންގ މެނޭޖްމަންޓްގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ އެވެ.

އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްއާއެކު މިއަދު ވަނީ މަޝްވަރާވެސް ކޮށްފަ އެވެ.

ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ދިފާއީ ކަންކަން ބަލަހައްޓަވާ ވަޒީރު ޣައްސާން މައުމޫނެވެ. އަދި, މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އެޖުޓަންޓް ޖެނެރަލް ނުވަތަ ކޮމާންޑަރެއްގެ ގޮތުގައި ހުންނެެވި މޭޖާ ޖެނެރަލް ޖޯން ޕީޓާ ރޮނެކް ދަ ސެކަންޑް އެވެ.

ޑިފެންސުން ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އަސްކަރިއްޔާ އާއި މޮންޓާނާގެ ނޭޝަނަލް ގާޑްސްއާއެކު އޮތް ގުޅުންތަކާއި އަދި ކުރިއަށް އޮތް ތަނުގައި އެކުގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭ މަޝްވަރާތައް ކޮށްފަ އެވެ. އިތުރު މައުލޫމާތެ އެ މިނިސްޓްރީން ހާމަނުކުރެ އެވެ.

މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު މިހާރު ވެސް ދިވެހި އަސްކަރިއްޔާއިން ގާތްގުޅުމެއް ބާއްވަ އެވެ. އެގޮތުން, ސެޕްޓެމްބަރު 2020, ގައި ދެ ގައުމުގެ މެދުގައި ސޮއިކުރި އަސްކަރީ ގުޅުން ބަދަހި ކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އެޕްރީލް 2022, ގައި މޮންޓާނާ ނޭޝަނަލް ގާޑްސްގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމުން ފުރުސަތު ދިނުމަށް ވެސް ސޮއިކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް