ads
އައިޖީއެމްއެޗް
ޑެންގީ ހުން ޖެހިގެން ތުއްތުކުދިންތަކަކަށް އައިޖީއެމްއެޗުން ފަރުވާ ދެނީ
ރާއްޖޭގައި މިހާރު ޑެންގީ ހުން ބާރަށް ފެތުރެމުންދާ އިރު އެ ބަލީގައި ތުއްތު ކުދިންތަކެއް އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

މިކަމާ ގުޅިގެން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ، މިވަގުތު ޑެންގީ ޖެހިގެން ހަ ތުއްތު ކުދިންނަށް ފަރުވާ ދޭކަމަށެވެ. އަދި ބައެއް ކުދިންނަށް ލޭވެސް އަޅަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއީ ފުރާނައަށް ނުރައްކާވާ ބައްޔެއްކަން ހަނދާންކޮށްދެއްވައި ފައިސަލް ވިދާޅުވީ، މަދިރިން ރައްކާތެރިވުން މުހިންމު ކަމަށެވެ.

މަދިރީގެ ޒަރީރާ އިން ޖެހޭ ޑެންގީ އާއި ޗިކުންގުންޔާ މި ދުވަސްވަރު ހަލުވިކޮށް ފެތުރެމުންދާތީ ބަލިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ އެޗްޕީއޭ) އިން ވަނީ އިލްތިމާސް ވެސް ކޮށްފަ އެވެ. އަދި މިއީ ވިއްސާރަ ދުވަސްވަރަކަށްވުމާއި ސްކޫލް ބޮޑު ބަންދުކަމުން ގިނަ ބަޔަކު އެއް ތަނުން އަނެއް ދަތުރު ވެސް ކުރާ މިންވަރު އިތުރުވާނެތީ ބަލިތަކުން ރައްކާތެރިވުމަށް ވީހާ ވެސް ބޮޑަށް ފިޔަވަޅުތައް އެޅުމަށް އެދިފައިވެ އެވެ.

އެޗްޕީއޭއިން ވަނީ ބަލި ޖެހިއްޖެ ނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތައް ވެސް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި، އަރާމު ކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން ހިމެނެ އެވެ. ފައިދާ ހުރި ދިޔާ ތަކެތީގެ ތެރޭގައި ހިމެނެނީ، ކުރުނބާ ފެން، ލޮނު ޕެކެޓް އަދި ސޫޕް ފަދަ ތަކެއްޗެވެ.

މީގެ އިތުރުން ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި، ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް