ads
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ: ފަލަސްތީނުގެ ހައްގުގައި ދިވެހި ސަރުކާރުން ކުރަން ޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށް ވިދާޅުވި - ފޮޓޯ:ރައީސް އޮފީސް
ފަލަސްތީނުގެ ހައްގުގައި ކުރަން ޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ: ހީނާ
ފަލަސްތީނުގެ ހައްގުގައި ދިވެހި ސަރުކާރުން ކުރަން ޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވަނީ ދާދިފަހުން ރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ތަގުރީރު ކުރެއްވި ދެ ވަޒީރުންގެ ވާހަކަފުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން ހީނާ ވަނީ އ.ދ ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް، ޑރ. އަލީ ހައިދަރު އަހްމަދުގެ ވާހަކަފުޅުގައި އެންމެ ވޯޓަކުން ވީޓޯ ކުރުމުގެ ބާރު ލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ދެއްކެވި ވާހަކަފުޅު ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިއަށް ގެންދިޔަ، އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވާފައިވާކަން ވެސް ހީނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް