ވިންޑްވޯރިއާސްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ފައިނަލުގައި ނައިފަރު ޗެލްސީ ބަލިކޮށްގެންނެވެ. ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ފައިނަލަޑް ދަތުރުކުރި ވިންޑް ވޯރިއާސް ނައިފަރު ޗެލްސީގެ މައްޗަށް ފައިނަލްގައި ކުރި ހޯދީ ތިން ލަނޑު ސުން ލަނޑުންނެވެ.
'މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް' ގެ އެންމެ މޮޅު ކުޅުންތެރިއަކީ ވިންޑް ވޯރިއާސްއަށް ކުޅޭ ގައުމީ ޓީމްގެ އަބްދުالله ޔާމީނު (ޔާނު) އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ މާފަރު ޓީމްގެ އަރީން ޢަބްދުالله އެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލްކީރަކީ ވިންޑް ވޯރިއާސްގެ އިޔާން އަބްދުލް އަލީމް އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓް ހޯދީ މައިފަރު ޗެލްސީގެ ބިދޭސީ ކުޅުންތެރިޔާ ޖަމާލް އެވެ. އެންމެ މޮޅު ކޯޗަކީ ވިންޑް ވޯރިއާސްގެ އަބުދުއްސަލާމް އެވެ.