ads
ޓްއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް
އިންޑިއާ ޓްއަރިސްޓުންނަށް ރައްކާތެރިކަން ލިބޭނެ، ރާއްޖޭ އާދޭ : ވަޒީރު
އިންޑިއާ ޓްއަރިސްޓުންނަށްވެސް ރާއްޖޭގައި ރައްކާތެރިކަން ލިބޭނެކަމަށް ވިދާޅުވެ އެ ގައުމުން ރާއްޖެއަށް ޓްއަރިސްޓުން އައުމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ގޮވާލައްވައިފިއެވެ.

ފައިސަލް މިހެން ގޮވާލެއްވީ ދުބާއީގައި މިހާރު ހިނގަމުން އަންނަ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެއާގައި އިންޑިއާގެ ނޫހެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ފައިސަލް ވިދާޅުވީ ވިދާޅުވީ، ރާއްޖެއިން ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑަށް ޕްރޮމޯޓް ކުރަނީ ރައްކާތެރި ކަމާއި އަމަންއަމާން ކަން ކަމަށެވެ. އެހެންކަމުން އިންޑިއާ ޓޫރިސްޓުންނަށް ވެސް އެފަދަ ރައްކާތެރިކަމާއި ކަށަވަރުކަން ލިބޭނެ ކަމަށެވެ. 

ފައިސަލްގެ ވާހަކާގައި ވިދާޅުވީ އިންޑިއާއަކީ ބޮޑު އާބާދީއެއް އޮންނަ ގައުމަކަށްވުމުން، އެގައުމަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިއްމު މާކެޓެއްކަމަށެވެ. އަދި އެ ގައުމުން އަންނަ ޓޫރިސްޓުންނަށް އަބަދުވެސް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވިއެވެ. 

މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއައީ އިންޑިއާއިންނެވެ. އެހެންނަމަވެސް މިހާރު އިންޑިއާ އޮތީ ރާއްޖެއަށް އަންނަ ޓްއަރިސްޓުންގެ ލިސްޓުގެ 6 ވަނާގައެވެ. 

މި ސަރުކާރުގެ ސިޔާސީ ބައެއް ފަރާތްތަކުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް އަމާޒުކޮށް ހުތުރުކޮށް ފާޑިކިޔުން އެ ގައުމުގައި ވަނީ ރާއްޖެ ބޮއިކޮޓް ކުރުަމަށް ގޮވާލާ ކެމްޕެއިންވެސް ކޮށްފައެވެ. އޭގެތެރޭގައި ގިނަ ފިލްމީ ތަރުންވެސް ހިމެނުނެވެ. 

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ލިސްޓުގައި އޮތީ ޗައިނާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް