ads
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު
މަސްވެރިކަމުގެ ކޮލެޖު މާލޭގައި ގާއިމުކުރާތީ އައްޑޫ މޭޔަރު ކަންބޮޑުވެއްޖެ
މަސްވެރިކަމާ ބެހޭ ކޮލެޖް މާލޭގައި ގާއިމު ކުރަން ނިންމުމާ ގުޅިގެން އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މަސްވެރިކަމާ ބެހޭ ކޮލެޖެ ގާއިމުކޮށް ފުރަތަމަ މަރުހަލާގައި ކުރު ކޯސްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ކޮލެޖު ގާއިމުކުރުމާ އެކު އެމްއެންޔޫގައި މިހާރު ހިންގާ މަސްވެރިކަމާ ގުޅޭ އެކި ކޯސްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިންގާނީ އެ ކޮލެޖުން ކަމުގައިވެސް ވިދާޅުވި އެވެ.

ޝެހެނާޒް ވިދާޅުވީ މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަމުގެ ކޯސްތަކެއް ވެސް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އަލަށް ފަށާ ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. 

ނިޒާރު "އެކްސް" މިއަދު ވިދާޅުވީ، މަސްވެރިން ގިނަ، ހުވަދޫ ނުވަތަ އެ ނޫން ވެސް އަތޮޅެއްގައި އެ ކަން ފެއްޓެވި ނަމަ އެއީ ރަނގަޅު ފާލަކަށް ވީސް ކަމަށެވެ. އަދި، އަތޮޅުތެރޭގައި ތިބި މަސްވެރިން ނުވަތަ އެ ކަމަށް ޝައުގުވެރިވާ އެހެން ބަޔަކު މާލެ ގެނައުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަތޮޅުތެރޭ ތިއްބެވި މަސްވެރިން ވެސް ނުވަތަ ޝައުގުވެރިވާ އެހެން ބޭފުޅުން ވެސް މާލެ ގެންދަން ނުވަތަ މާލެ ތޮއްޖައްސަން އިތުރު ސިޔާސަތެއް އައުމަކީ ރަނގަޅު ނިންމުމެއް ނޫން," އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މަސްވެރިކަމާ ބެހޭ ކޮލެޖެއް ހުޅުވައި އެތަނުން ކޯސްތަކެއް ކުރިއަށް ގެންދިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ރައީސް މުއިއްޒު މިކަން އެންމެ ފުރަތަމަ އިއުލާންކުރެއްވީ މިދިޔަ އަހަރު ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާ ގައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް