ads
ޕިސްޓާޗިއޯ
ކޮންމެ ދުވަހަކު ފިސްޓާޗިއޯ ކެއުމުން ޖިންސީ ޤާބިލުކަން ރަނގަޅުވާނެ: ތަޖުރިބާކާރުން
ޕިސްޓާޗިއޯ އަކީ ސިއްހަތަށް ވަރަށް ފައިދާހުރި ކާނާއެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ. އަދި އޭގައި ޒިންކް، ވިޓަމިން އީ، އެންޓިއޮކްސިޑަންޓްސް، ޕްރޮޓީން އަދި ފައިބަރު ފަދަ މުހިންމު މައިކްރޯ ނިއުޓްރިއަންޓްސް ހިމެނޭ ކަމަށް މަދާހުޑް ހޮސްޕިޓަލުގެ ކަންސަލްޓަންޓް ޑައިޓީޝަން، ޑރ. އިންޝާރާ މަހެދުވީ މައުލޫމާތު ދެއްވައެވެ.

ތަޖުރިބާކާރުންގެ ދެކިލައްވާގޮތުން ޕިސްޓާޗިއޯ ހިމެނޭ ބައެއް މައިކްރޯ ނިއުޓްރިއަންޓްސްގެ ސަބަބުން ޖިންސީ ޤާބިލުކަން ރަނގަޅުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ކޮންމެ ދުވަހަކު މަދު ޕިސްޓާޗިއޯކޮޅެއް ކެއުމުން ޖިންސީ ޤާބިލުކަމާ ކަމަށް ތަފާތު ދިރާސާތަކުން ސާބިތުވެފައިވާ ކަމަށް ޑރ މަހެދުވީ ވިދާޅުވިއެވެ. އަދި ޕިސްޓާޗިއޯގައި ހިމެނޭ ފައިޓޯއެސްޓްރޮޖެން މާއްދާއަކީ، ހަށިގަނޑުގައި އެސްޓްރޮޖެންގެ މިންވަރު އިތުރުކޮށް، ޖިންސީ ތަންވަސްކަން މަތިކުރާނެ އެއްޗެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  

ޕިސްޓާޗިއޯ ސަބަބުން ޖިންސީ ޤާބިލުކަން ރަނގަޅުވާ މިންވަރު އެކި މީހުންގެ ތަފާތުވެދާނެ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. އެހެންކަމުން، ޑރ. މަހެދުވީ ލަފާދެއްވަނީ، ޕިސްޓާޗިއޯ ކެއުމުގައި ވިސްނުންތެރިވުމަށާއި، އަދި އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ތަޖުރިބާކާރެއްގެ ލަފާ ހޯދުމަށެވެ. 

ޕިސްޓާޗިއޯ ސިއްހަތަށް ފައިދާ ކުރާ ކާނާއެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. އެހެންނަމަވެސް، މާގިނައިން ޕިސްޓާޗިއޯ ކެއުމަކީވެސް ރަނގަޅުކަމެއް ނޫންނެވެ. ރަނގަޅު ގޮތަކަކީ ކޮންމެ ދުވަހަކު ވެސް މަދު މިންވަރެއް ކެއުމުން ގެންދި އަދި ޖިންސީ ޤާބިލުކަން ރަނގަޅުކުރުމަށް އެންމެ ރަނގަޅު ގޮތްތައް ހޯދުމަށް ތަޖުރިބާކާރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެއް ކަމުގައިވެސް ޑރ މަހެދުވީ ވިދާޅުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް