ads
މަޖިލިހުގެ ރައީސް އަސްލަމް: ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވި ވަނީ ކެންސަލްކޮށްފައި - ފޮޓޯ:މަޖިލިސް
ކޯރަމް ހަމަނުވެގެން މިއަދުގެ މަޖިލިހުގެ ޖަލްސާ ކުރިއަށް ނުގެންދެވުނު
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ މެންބަރުންގެ އަދަދު ހަމަނުވުމުން ތަކުރާރުކޮށް ފުރުސަތު ދިނުމަށް ފަހު މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

ހެނދުނު 9:00 ގައި ޖަލްސާތައް ފެށުމަށް ތާވަލް ކޮށްފައި ވީނަމަވެސް މިއަދުގެ މަޖިލިހުގެ ޖަލްސާގެ ލައިވް ފަށާފައި ވަނީ ގިނަ އިރުތަކެއް ހޭދަވި ފަހުންނެވެ. ލައިވް ފެށުމަށްފަހު، މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ބައެއް މެންބަރުން ތަޅުމުން ބޭރުގައި މަޑުކޮށްގެން ތިބި ކަމަށެވެ.

ޖަލްސާ އަލުން ފަށާނީ ހެނދުނު 10:00 ގައި ކަމަށް ވިދާޅުވެ، އަސްލަމް ވަނީ ޖަލްސާ މެދުކަނޑާލާފަ އެވެ. ލައިވް އަލުން ފެށުމަށް ފަހު އަސްލަމް ވިދާޅުވި ގޮތުގައި ކޯރަމް ހަމަވާ ވަރަށް ޖަލްސާއަށް މެންބަރުން ހާޒިރުވެފައި ނުވާތީ ޖަލްސާ ނިންމާލާނީ އިތުރު އެއް ގަޑިއިރު ބެލުމަށް ފަހުގައި ކަމުގަ އެވެ.

އެެހެންނަމަވެސް، 11:00 ޖެހި ފަހުން ވެސް ކޯރަމް ހަމަނުވުމުން އަސްލަމް ވަނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައި ޖަލްސާ ނިންމާލާފަ އެވެ.

"އަޅުގަނޑަށް ތަކުރާރުކޮށް ބަލާލެވިއްޖެ. ކޯރަމް ބެލް 11 ގެ ފަހުން ޖަހައި، މިހާރު ފަސް މިނެޓު ވެސް ހަމަވީ. އެހެންވީމާ އަޅުގަނޑު ގަސްދުކުރަނީ މި ޖަލްސާ ނިންމާލަން،" ހާޒިރުވެ ތިބީ އެންމެ 10 މެންބަރުންކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވި އެވެ.

ކޯރަމް ހަމަނުވުމާ ގުޅިގެން މިއަދުގެ ޖަލްސާ ކެންސަލްކުރިއިރު، 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް