ads
ކިންގް ސަލްމާން މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ:ސަން
މިސްކިތްތަކުގެ އާބާތުރަ ފިލުވަން 19 މިލިއަން ރުފިޔާ ހަރަދުވެއްޖެ
މިސްކިތްތަކުގެ އާބާތުރަ ފިލުވަން 19 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޝަހީމް ވިދާޅުވީ މި ވެރިކަމުގެ ކުރީކޮޅު 19 މިލިއަން ރުފިޔާއަކީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. ސަރުކާރުގެ ބަޖެޓުން 15 މިލިޔަން ރުފިޔާ އާއި މިސްކިތް ފަންޑުން ހަތަރު މިލިއަން ރުފިޔާ ވާނީ މިހާރު ހަރަދުކޮށްފައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވެފައި ވަނީ ރާއްޖޭގައި 700 އެއްހާ މިސްކިތް އެބަހުރި ކަމަށާއި މައުލޫމާތުތައް ދައްކާ ގޮތުގައި ރާއްޖޭގައި ހުރި ހުރިހާ މިސްކިތެއް މަރާމާތު ކުރަން 200 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އަދި ސަރުކާރުން ރާއްޖޭގައި ހުރި ހުރިހާ މިސްކިތްތަކެއް މަރާމާތު ކުރަން އެއްފަހަރާ ފައިސާ ހަމަޖެއްސުމަކީ ހުރިހާ ސަރުކާރެއްގައި ވެސް ދަތި ކަމެއް ކަމަށާއި ކުރެވޭ ވަރަކުން އެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. 

ޝަހީމް އިތުރަށް ވިދާޅުވީ މާލެ އާއި އަތޮޅު ތަކުގައި ކުރިޔަށް ގެންދާ ވަގުފު ޕްރޮޖެކްޓުގެ ތެރެއިން ދާއިރާގައި ހުރި މާލީ ދަތި ކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް