ads
ގްރީލިޝް
ގްރީލިޝް މާބާރަށް ކާރު ދުއްވައިގެން ޖޫރިމަނާ
އިންގްލެންޑާއި މެންޗެސްޓާ ސިޓީގެ ތަރި ޖެކް ގްރެލިޝް ބާރު ސްޕީޑުގައި ދުއްވާތީ ޖޫރިމަނާކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ފުޓްބޯޅަ ކުޅުންތެރިޔާ އަށް 666 ޕައުންޑް ދައްކަން އަމުރުކޮށްފައި ވަނީ ގަޑިއަކު 30 މޭލުގެ ޒޯނެއްގައި ގަޑިއަކު 44 މޭލުގެ ބާރުމިނުގައި ދުއްވައިގެންނެވެ.

މިއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެއް ދުވަހެއްގެ ހެނދުނު ގްރީލިޝް އޭނާގެ ރޭންޖް ރޯވާ ސްޕޯޓް ކާރު، ބާރު ސްޕީޑުގައި ދުއްވި މައްސަލައެވެ. 

މި މައްސަލައިގައި ގްރީލިޝް ކޯޓަށް ހާޒިރު ނުވި ނަމަވެސް އޭނާގެ ވަކީލުން މެދުވެރިކޮށް އޭނާވަނީ ބާރު ސްޕީޑުގައި ކާރު ދުއްވި ކަމަސް އިއުތިރާފުވެފައެވެ. އަދި އެކަމަށް އޭނާވަނީ ވަކީލުން މެދުވެރިކޮށް މާފަށް އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް