ads
ގާފަރު ފަޅުން 16 ރަށް ހިއްކަން އެޓޯލް ވަރކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ތެރެއިން. މި މަޝސައްކަތް ހަވާލުކުރީ ފަން\ދު މެނޭޖްމަންޓް ކޯޕަރޭޝަނުން
އެއް ފަޅަކުން 16 ރަށް، ގާފަރު ފަޅުގައި ހިއްކަނީ
މާލެ އަތޮޅު ގާފަރު ފަޅުގައި 16 ރަށް ހިއްކަން އަމިއްލަ ކުންފުންޏާކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެޓޯލް ވަރކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށް މަސައްކަތުގައި އެއްބަސްވުމުގައި އެ ކުންފުންޏާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން މިއަދު ވަނީ ސޮއިކޮށްފައެވެ. 

މި އެއްބަސްވުމުގެ ދަށުން ގާފަރު ފަޅުގައި ހިއްކާ 16 ރަށުގައި ތަރައްްްީކުރާނީ 14 ޕްރައިވެޓް އައިލެންޑާއި ދެ ލަގްޒަރީ ރިސޯޓުއެވެ. އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ރަށްތައް ހިއްކުމާއި އެކު ރިވެޓްމަންޓް ޖެހުމެވެ. 

ޖުމްލަ 106.91 ހެކްޓަރު (1،069،100 ސްކޮޔަރ މީޓަރު) ގެ ބިން ހިއްކާ މި މަޝްރޫއަކީ އެއް ފަޅުން މިހާ ގިނަ އަދަދެއްގެ ރަށްތައް ހިއްކާ ފުރަތަމަ މަޝްރޫއެވެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެމްއެފްއެމްސީން ބުނެއެވެ

މި މަޝްރޫއުގެ އަގަކީ 36،5 މިލިއަން އެމެރިކާ ޑޮލަރުކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ. މީގެ ތެރިން، ހިއްކުމުގެ މަސައްކަތަށް 3،747،792 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، ކިއުބިކް މީޓަރަކަށް 7.8 ޔޫ.އެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫއެސް ޑޮލަރު ޚަރަދުވާނެކަމަށް ބެލެވޭ ކަމަށް އެމްއެފްއެމްސީން ބުނެއެވެ. އަދި މި އަގަކީ ރާއްޖޭގައި ހިންގާ މިފަދަ މަޝްރޫއުތަކަށް ވުރެ ހެޔޮ އަގެއްކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. 

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރު ފައިނޭންސިންގެ އުސޫލުން ކަމަށާއި އެޑްވާސްންސް ޕޭމަންޓްގެ ގޮތުގައި އެ ކުންފުނިން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެކަމަށެވެ. 

މަސައްކަތަށް ދާ ހަރަދު އެ ކުންފުނިން ކޮންޓްރެކްޓަރަށް އަނބުރާ ދައްކަން ޖެހެނީ، ރަށްތައް ހިއްކައި ނިންމާ، އެ ރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މާލެ އަތޮޅުގެ އެންމެ ބޭރަށް އޮންނަ ކ. ގާފަރު ފަޅަކީ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރުމަށް ސަރުކާރުން އެމްއެފްއެމްސީއަށް ހަވާލުކޮށްފައިވާ ފަޅެކެވެ. 

މި މަޝްރޫއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދޭ އުސޫލުން، ވިއްކާ ގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ މަޝްރޫއުއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް