ads
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާއެއް: އެ ބޭންކުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހު 28 ގައި ބާއްވަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 41 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް އެ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލުން ބުނީ އަހަރީ އާންމު ޖަލްސާ އޮންނާނީ 28 ވަނަ ދުވަހުގެ ރޭ 08:30 ގައި ހޮޓެލް ޖެންގައި ކަމަށެވެ. ޖަލްސާ ބާއްވާނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި އޮންލައިންކޮށް "ފަހިވޯޓު" މެދުވެރިކޮށް ކަމަށް ބީއެމްއެލުން ބުނެ އެވެ. ފަހިވޯޓަކީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމަންޓް ސިސްޓަމެކެވެ.

ބީއެމްއެލުން ބުނެފައި ވަނީ އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ކަމަށެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ޖަލްސާ އޮންނަ ދުވަހުގެ ރޭ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.

ބީއެމްއެލުން ބުނި ގޮތުގައި ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި ރޭގަނޑު 7:00 އިން ފެށިގެން 8:15 އާ ހަމައަށް ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނެ ކަމުގަ އެވެ. ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ މީހުންނަށް މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ރޭ 8:30 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލުން ބުނީ އަހަރީ އާންމު ޖަލްސާގައި އެމްއެސްޑީގެ ސިސްޓަމް އިންފިނިޓީ ބޭނުންކޮށްގެން އޮންލައިންކޮށް ނުވަތަ [email protected] އަށް އީމެއިލްކޮށްގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ޕްރޮކްސީ ހުށަހަޅާ ހިއްސާދާރުން ޖަލްސާގެ 48 ގަޑިއިރު ކުރިން ޕްރޮކްސީ ހުށަހަޅަން ޖެހޭނެ ކަމަށާއި އެ ބޭންކުގެ ކޯޕަރޭޓް އެފެއާޒަށް އީމެއިލްކޮށްގެން ޕްރޮކްސީ ހުށަހެޅޭނެކަން ބީއެމްއެލުން ވަނީ ފާހަގަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް