އޭއީއެޗްއިން ނެރުނު ބަޔާނެއްގައި ވަނީ، އައްޑޫގައި ޑެންގީ ހުން އިތުރުވާތީ މަދިރި ނައްތާލާ މަދިރިން ސަލާމަތް ވުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަން ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެ އެވެ.
އޭއީއެޗުން ބުނީ މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ވީހާ ވެސް އަވަހަކަށް ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފަ އާއި އިރުޝާދު ހޯދުން މުހިއްމު ކަމަށެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން، މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ވަނީ އިތުރުވެފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ވެސް ޑެންގީ އަދި ޗިކުންގުންޔާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.