މެޓް އިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
އެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާމިގިއްޔަށެވެ. މާމިގިލިއަށް 103 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އައްޑޫ ހިތަދޫއަށެވެ. ތިން ވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީގެ ގަމަށެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ގިނައިން ވާރޭ ވެހުނު ސަރަހައްދުތައް:
- ބ. ގޮއިދޫ - 26 މިލިމީޓަރު
- އދ. މާމިގިލި - 103 މިލިމީޓަރު
- އއ. ތޮއްޑޫ - 19.7 މިލިމީޓަރު
- މ. މުލި - 43.5 މިލިމީޓަރު
- އައްޑޫ ހިތަދޫ - 68.3 މިލިމީޓަރު
- އައްޑޫ ގަން - 44 މިލިމީޓަރު