ads
އެސްޓިއޯއިން ކާޑު ސަޕްލައި ކުރަނީ: މިދިޔަ މަހު ކާޑުގެ 71،612 ބަސްތާ ފިހާރަތަކަށް ސަޕްލައިކުރި
މިދިޔަމަހު 71 ހާހަށްވުރެގިނަ ބަސްތާގެ ކާޑު ރާއްޖޭގެ އެކި ސަރަހައްދުތަކަށް
އެސްޓީއޯއިން މިދިޔަ އެޕްރީލްމަހު 71 ހާހަށްވުރެ ގިނަ ބަސްތާގެ ކާޑު އެކި ސަރަހައްދުތަކަށް ފޮނުވައިފި އެވެ.

މާލެއާއި ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެސްޓީއޯއިން ބުނީ މިދިޔަ މަހުތެރޭގައި މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް 71612 ބަސްތާ ކާޑު ފޮނުވާފައިވާކަމަށެވެ.

އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ތެރޭގައި ރީޖަނަލް އެޖެންޓުންނަށް އެސްޓީއޯ އިން 459 ޑެލިވަރީއެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި ހަނޑުލުގެ 3،813 ބަސްތާ އާއި، ހަކުރުގެ 5،585 ބަސްތާގެ އިތުރުން، 8،932 ބަސްތާ ފުށް ވަނީ ސަޕްލައި ކޮށްފަ އެވެ.

މާލެ ސަރަހައްދުން މިދިޔަމަހު މުޅި ޖުމްލަ 1،264 އޯޑަރު ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އޭގެތެރޭގައި ހިމެނެނީ 17،394 ބަސްތާ ހަނޑުލާއި، 7،597 ބަސްތާ ހަކުރާއި 10،971 ބަސްތާ ފުށެވެ.

އެސްޓީއޯއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މުޅި ޖުމްލަ ސަޕްލައި ކޮށްފައިވާ ހަނޑުލަށް ބަލާއިރު، 32،710 ބަސްތާ ވަނީ ސަޕްލައި ކޮށްފައެވެ. އަދި 24،390 ބަސްތާ ފުށް ސަޕްލައި ކޮށްފައިވާއިރު، 14،512 ބަސްތާ ހަކުރު ވަނީ ސަޕްލައި ކޮށްފަ އެވެ.

ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ފިހާރަތަކުން ގަންނަން ބޭނުންވާ ތަކެތި އެސްޓީއޯގެ އޮންލައިން ޕޯޓަލް އީސްޓޯރ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ގަންނަ ތަކެތި އެސްޓީއޯއިން ދަނީ ޑެލިވަރީވެސް ކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް