ads
އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) -- ފޮޓޯ: ގެޓީ
އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މަޑުޖައްސަލައިފި
ގާޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް ވަދެގަނެ ބޮޑު އޮޕަރޭޝަނެއް ފައްޓައިފި ނަމަ އެމެރިކާއިން ބައެއް ހަތިޔާރު ސަޕްލައިކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު ރައީސް ޖޯ ބައިޑަން އިޒްރޭލަށް ދެއްވައިފި އެވެ.

މިވަގުތު އިސްރާއީލަށް ހަތިޔާރު ފޯރުކޮށްނުދޭނެ ކަމަށް އެމެރިކާއިން ކަށަވަރުކޮށްދީފައި ވަނީ ގާޒާ ހަނގުރާމައާ ގުޅިގެން އިސްރާއީލުގެ އެންމެ ގާތް ގައުމު ކަމަށްވާ އެމެރިކާއަށް ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ. 

އެމެރިކާގެ ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ބައިޑަން ވިދާޅުވީ، އެމެރިކާ އިން ސަޕްލައި ކޮށްފައިވާ މިސައިލުން ދިން ހަމަލާތަކުން ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދު ވެފައިވާ ކަމަށެވެ.

މި އިންޒާރު ބައިޑަން ދެއްވީ، ދޮޅު މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އިޒްރޭލުން ހަމަލާ ދޭން ފެށުމުން، އިޒްރޭލަށް ފޮނުވަން އޮތް މިސައިލް ޝިޕްމަންޓެއް އެމެރިކާއިން ހުއްޓުވާފައިވަނިކޮށެވެ.

އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން އަހަރަކު ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރޭލަށް ފޯރުކޮށްދެ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން ފަލަސްތީނަށް ހަމަލާދިނުމާ އެކު، އެ އަދަދު އިތުރުކުރަން ބައިޑަން ވަނީ އެމެރިކާގެ ކޮންގްރެސް އަށް ބާރު އަޅުއްވައިފަ އެވެ.

އެކަމާ ގުޅިގެން އިސްރާއީލުން އދ.އަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ގިލާޑް އެރްޑަން ވިދާޅުވީ އެމެރިކާގެ އެ ނިންމުމަކީ ވަރަށް މާޔޫސް ކުރަނިވި ނިންމުމެއް ކަމަށެވެ.

ބައިޑަންގެ މި ބަސްދީގަތުމަކީ ރަފަހް އަށް ވަދެގަތުމާ ދެކޮޅަށް އެމެރިކާއިން އިޒްރޭލަށް މިހާތަނަށް ދިން އެންމެ ވަރުގަދަ އިންޒާރެވެ. އަދި އިޒްރޭލަށް ފޮނުވަން ހަމަޖައްސާފައި އޮތް ބޮން ޝިޕްމަންޓެއް މަޑުޖައްސާލާފައިވާ ކަމަށް މިހަފްތާގައި ވޮޝިންޓަނުން ވަނީ ހާމަކޮށްފަ އެވެ.

ރަފަހް އަށް މިސައިލް ހަމަލާތައް ދޭން ފަށައި، އިޒްރޭލުން ވަނީ އެ ސިޓީ އަށް ވަންނަން އޮންނަ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށްފަ އެވެ. ނަމަވެސް، އދ. އާއި ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވެ، ރަފަހް އަށް އެހީ ވެއްދޭނެ މަގު އިޒްރޭލުން ފަހުން ވަނީ ހުޅުވައި ދީފަ އެވެ. އިޒްރޭލުން އަދިވެސް ދަނީ ހުއްޓުމެއް ނެތި ރަފަހް އަށް މިސައިލް ހަމަލާތައް ދެމުންނެވެ.

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 38،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް