ads
ބެޑްމިންޓަން ރައީސް މޫސަ
ބެޑްމިންޓަން މޫސަ ދައުލަތާ ދެކޮޅަށް ކޯޓަށް
ބެޑްމިންޓަން އެސޯސިއޭޝަންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ ސްޕޯޓްސް ސާމާނު ވިއްކާ ފިހާރަ އާއި އޭނާ އާ ގުޅުން ހުރި އެހެން ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި މައްސަލަތައް މޫސަގެ ފަރާތުން ކޯޓަށް ހުށަހަޅައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ބޯމަތިވެފައިވަނިކޮށް، އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގުގެއްގައި މޫސަ އާގުޅުން ހުރި ތަންތަން ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސް ކުރި މައްސަލަ މީގެ ދުވަސްކޮޅެއް ކުރިންވަނީ ތިލަވެފައެވެ. އެ މައްސަލައިގައި ދައުލަތާ ދެކޮޅަށް މޫސަ ތިން މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަތައް ހައިކޯޓަށް މިހާރުވަނީ ބަލައިގެންފައެވެ. އެހެންނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް ނުލިބެއެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު މައްސަލައާ ގުޅިގެން އޭސީސީގެ އެންގުމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުވެސްވަނީ ހުއްޓުވާފައެވެ. އިންތިހާބު ހުއްޓާލި ހުއްޓާލުމާ ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަނުން އޭރު ބުނެފައިވަނީ އެކަށީގެންވާ މާހައުލެއް ނެތަތީ އިންތިހާބު ހުއްޓާލީ ކަމަށެވެ. އޭގެ ފަހުން، ބެޑްމިންޓަން އެސޯސިއޭޝަން އިންތިޚާބު، ބޭއްވުމަށް 20 ދުވަހުގެ ފުރުސަތެއް ސްޕޯޓްސް ކޮމިޝަނުންވަނީ ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް