ads
ތަމްރީނު ފުރިހަމަ ކުރި ސިފައިންނަށް ހުވާލާދީ ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ޑރ މުއިއްޒު
އަލަށް ގުޅުނު ސިފައިންނަށް ހުވާލާދީ ބަޑި ހަވާލުކޮށްފި
‏މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަށުން ހިންގާ 'ދަ ބޭސިކް ސްކޫލް'ގެ ފަރާތުން ކުރިއަށްގެންދިޔަ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވައިލައިދިނުމާއި، ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުހައްމަދު މުއްއްޒު، ބައިވެރިވެވަޑައިގެންފިއެވެ.

‏މިއަދު ހަވީރު ގިރިފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި، ތަމްރީނު ކޯސް ‌‏ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު އެވެ. އަދި ތަމްރީނު ފުރިހަމަކޮށް ހުވާކުރި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯސް ފަށާފައިވަނީ 28 އޮކްޓޫބަރު 2023 ގައެވެ. މި ކޯހުގައި 135 ދަރިވަރުން ބައިވެރިވެ 98 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 9 އަންހެން ދަރިވަރުންނާއި 89 ފިރިހެން ދަރިވަރުންނެވެ.

މި ރަސްމިއްޔާތަށްފަހު ‏މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސްޕެޝަލް ފޯސްގެ ފަރާތުން ވަނީ "ސްޕެޝަލް ފޯސް އޮޕަރޭޝަން ޑިސްޕްލޭ" އެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް