ads
ހަރިޖީ ވަޒީރު މޫސާ ޒަމީރު ދެއްވި އިންޓަވިއުގެ ތެރެއިން. ފޮޓޯ: އޭއެންއައި ޑިޖިޓަލް
އިންޑިއާއަށް ބަދުބަސް ބުނި މައްސަލަ ދެން ތަކުރާރެއްނުވާނެ: ޒަމީރު
ސަރުކާރުގެ އޮފިޝަލުންތަކެއް އިންޑިއާ ކުޑާއިމީސްކޮށް ބަދު ބަސް ބުނި މައްސަލަ ދެން ތަކުރާރު ނުވާނެކަމަށް ހަރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޗެނަލަކަށްް ދެއްބި އިންޓަވިއުގައެވެ. 

ޒަމީރު ވިދާޅުވީ އިންޑިއާއަށް އެއްޗެތި ކިޔާ ކުޑައިމީސްކުރުމަކީ ދިވެހި ސަރުކާރުން އެއްވެސް ހާލެއްގައި ހިތްވަރުދޭކަމެއް ނޫންކަމަށެވެ. އަދި ސަރުކާރުގެ އޮފިޝަލުންތަކެއް ދެއްކި އެ ވާހަކަތަކަކީ ސަރުކާރުގެ ސިޔާސަތެއްވެސް ނޫންކަމަށެވެ. ޒަމީރު ވިދާޅުވީ އެ މައްސަލާގައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އެ ފަރާތްތަކާއި މެދު އަޅާފައިވާކަމަށެވެ. 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށް، މީސްމީޑިއާގައި ވާހަކަ ދެއްކީ ޔޫތު މިނިސްޓްރީގެ 3 ނައިބުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްގެ އިތުރުން އަބްދުﷲ މަހްޒޫމް މާޖިދު އެވެ. މި ތިން ޑެޕިއުޓީ މިނިސްޓަރުން ދެއްކި ވާހަކަތަކާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވުމުން އެމީހުން ވަނީ ސަސްޕެންޑްކޮށްފައެވެ. 

އެންމެ ގިނަ ބަޔަކަށް ފާޑިކިޔާ ކުށްވެރިކުރީ ޔޫތު މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ ކުރި ޕޯސްޓެވެ. ޝިއުނާ ވަނީ މޯދީ އަކީ "ޖޯކަރެ"އް ގެ ގޮތުގައި ސިފަ ކުރައްވާ އެއީ "އިޒްރޭލްގެ ޕަޕެޓެ"އް ކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އިންޑިއާގައި ރާއްޖޭ ޓްއަރިޒަމް ބޮއިކޮޓް ކުރުމުގެ ކެމްޕެއިނެއް ފަށާ ރާއްޖެއަށް ޗުއްޓީއަށް ނުދިޔުމަށް ގޮވާލިއެވެ. މި ކެމްޕެއިންގައި ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް ބައިވެރިވިއެވެ. އަދި އެއާއި އެކު އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އެތައް ތަނެއް މަދުވެގެންވެސް ދިޔައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް