އުމްރާގެ އަޅުކަން ފުރިހަމަކުރަމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

Advertisement
އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވީ ފަރީދާ އާދަމްއެވެ. އޭނާ އުމްރާއަށް ގޮސް ހުރީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. އެކޯޕަރޭޝަނުން ބުނީ ފަރީދާގެ މަރަކީ ކުއްލި މަރެއްކަމަށެވެ. އަދި އޭނާ ނިޔާވީ ހެނދުނުގެ ވަގުތެއްގައިކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
" މަރޫހޫމާގެ އާއިލާއަށް ކުރިމަތިވި މި ހިތާމައިގައި މި ދަތުރުގައި ބައިވެރިވި ހުރިހާ ޢުމްރާވެރީންގެ ނަމުގައި އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އެންމެހާ މުވައްޒަފުންގެ ގެ ނަމުގައި ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ. އަދި މައްޔިތާގެ ފާފަ ފުއްސަވައިދެއްވާ، ރަޙްމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަން." ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް އެކްސްގައި ލިޔުއްވި މެސެޖުގައިވެއެވެ.
މިދިޔަ ރޯދަމަަހު އުމްރާގެ އަޅުކަން ފުރިހަމަ ކުރަމުންދިޔަ 3 ދިވެއްސަކުވެސް ވަނީ މައްކާގައި ނިޔާވެފައެވެ.