ads
ޖޯން އަބްރަހަމް، ބިޕާޝާ ބާސޫ އަދި ދީނޯ
ބިޕާޝާ ވަގަށް ނެގިއަސް ޖޯން އަބްރަހްމްއާ އެއްވެސް ހަސަދަވެރިކަމެއް ނެތް: ދީނޯ މޯރިއާ
ބޮލީވުޑްގެ މަޝްހޫރު ތަރި ދީނޯ މޯރިއާ އޭނާއާއި ޖޯން އަބްރަހަމާ ދެމެދު އޮންނަ ކަމަށް ބުނާ ވާދަވެރިކަމުގެ ވާހަކަތައް ދޮގުކޮށްފިއެވެ.

ބޮލީވުޑްގެ ހުނަރުވެރ ތަރި ދީނޯ ބުނީ، ޖޯން އޭނާގެ ކުރީގެ ލޯބިވެރިއާ ބިޕާޝާ ބަސޫ ވަގަށް ނަގާފައިވާތީ މިކަން ދެ ތަރިންގެ ދެމެދުގައި ވާދަވެރިކަން އުފެދުމަށް މަގުފަހިކޮށްދިން ކަމަށް ބުނާ ވާހަކައެއް އެބައޮތް ކަމަށެވެ.

ދީނޯ ވަނީ ސޯޝަލް މީޑިއާގައި ދެކެވެމުންދާ މި ވާހަކަތަކަށް ރައްދުދީ، މިއީ ދޮގު ވާހަކަތަކެއް ކަމަށް ސާފުކޮށްދީފައެވެ. ސިއްދާރތު އާއި ކަނަންގެ ޕޮޑްކާސްޓްގައި ދީނޯ ބުނީ، ބިޕާޝާ އާއި ޖޯން ގުޅުން ބާއްވަން ފެށިއިރު، އޭނާ ބިޕާޝާ އާ އެކު ގުޅުމެއް ނޯންނާނެކަމަށެވެ. 

ޖޯން އަބްރަހަމް އާއި ދީނޯ އާއި ދެ ތަރިންގެ ދެމެދުގައި އޮތް ކަމަށް ބުނާ ވާދަވެރިކަމާ ބެހޭގޮތުން ސުވާލު ކުރުމުން، ދީނޯ ބުނީ، ދެ ތަރިންގެ ދެމެދުގައި އެފަދަ ވާދަވެރިކަމެއް ނެތް ކަމަށާއި، އެކަކު އަނެކަކާ ވާހަކަ ދައްކައި، އެކުގައި މަޖާކުރާ ކަމަށެވެ. 

"އަހަރެން ބިޕާޝާ އާއި ރުޅިވެ، ޖޯން އޭނާ އާ ގުޅުން ބާއްވަން ފެށުމުން، އަހަރެންނާ ޖޯން އާއި މެދުގައި ވާދަވެރިކަން ހިނގާ ކަމުގެ ވާހަކަ ފެތުރެން ފެށި. މީޑިއާ އިން ވެސް މިކަމަށް ބާރު އަޅާފައިވޭ،" ދީނޯ ފާހަގަކުރެއްވިއެވެ.

ދީނޯ އިތުރަށް ބުނީ، ދެ ތަރިން ވެސް މިހާރު ވަނީ އެމީހުންގެ ދިރިއުޅުމުގައި އާ ސަފުހާތަކެއް ފަށާފައިކަމަށެވެ. 

"އިއްޔެ ވެސް ޖޯންއާ ދިމާވި. އަހަރުމެން ސައިކަލް ދުއްވާލަން ނުވަތަ ކޮފީއެއް ބޯން ދާން ބޭނުންތޯ އެހިން. އަދި ޖޯންއަށް ބޮލީވުޑްގައި ލިބެމުންދާ ކުރިއެރުމާމެދު އުފާ ވެސް ކުރަން،" -ދޯނޯ-

އެނެމް ފުރަތަމަ 1996 އިން 2002 އަށް ދީނޯ އާއި ބިޕާޝާ ގުޅުން އޮތް ކަމަށް ރިޕޯޓުކުރެވުނެވެ. ފަހުން، 2002 އިން 2011 އަށް ބިޕާޝާ އާއި ޖޯންގެ ދެމެދުގައި ގުޅުން އޮތެވެ. ދީނޯ އާއި ބިޕާޝާގެ ތައާރަފު ކުރުވީ ދެމީހުންގެ އެކުވެރިއެކެވެ. "ރާޒު" ފިލްމުގެ ޝޫޓިންގ ތެރޭގައި މި ދެމީހުން ރުޅިވިއެވެ. 

މިހާރު ބިޕާޝާ ކައިވެނިކޮށްގެން އުޅެނީ ކަރަން ސިންގު ގުރޯވާއެވެ. އަދި ދެމަފިރިންނަށް މިހާރު ވަނީ ދޭވީ ކިޔާ ކުއްޖަކުވެސް ލިިބިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް