ads
އަހްމަދު ތާރިގު، ބައްސާމްއާއެކު
ބައްސާމަށް ޓޮމްގެ އިންޒާރެއް: އެފްއޭއެމް ރިފޯމް ކުރާނަން!
އެފްއޭއެމް ރިފޯމްކުރާނެ ކަމުގެ ޔަގީން، އެ އިދާރާގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވަން ނިންމަވާފައިވާ ރާއްޖޭގެ ކުރީގެ އެއްވަނަ ފޯވާޑު، އަހްމަދު ތޯރިގު- ޓޮމް ދެއްވައިފިއެވެ.

އެފްއޭއެމްގެ އިންތިހާބުގެ ފީފާއިން މިހާރު ހުއްޓުވާފައިވާއިރު، އެންމެ ފަހުން އިއުލާން ކުރި އިންތިހާބަށްވެސް އަދި އޭގެ ކުރިން އިއުލާން ކުރި އިންތިހާބުގައިވެސް ޓޮމް ވާދަކުރައްވަން ހުށަހެޅުއްވިއެވެ. އެކަމަކު ފުރަތަމަ ފަހަރު ޓޮމްގެ އެޕްލިކޭޝަން އެފްއޭއެމުން ރިޖެކްޓްކޮށްފައިވާއިރު، ދެވަނަ ފަހަރު އިންތިހާބު ހުއްޓުވީ ފީފާއިންނެވެ.

ކުރިން އެފްއޭއެމްގެ ރައީސްކަން ކުޑަ ދުވަސްކޮޅަކު ކުރައްވާފައިވާ ޓޮމް ވިދާޅުވީ އެފްއޭއެމް ރިފޯމް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ކުލަބްތަކާއި ގުޅިގެން ކުރާނެ ކަމަށާއި އެކަން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ޓޮމް ދެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެފްއޭއެމް ރިފޯމް ވާން ޖެހޭނެ ކަމަށް. އެފްއޭއެމްގެ ކަންކަން ބޮއްސުންލާ ދިޔުމުން ބައެއް ބޭފުޅުން ހިތާ ދެކޮޅަށް ފުޓުބޯޅަ ދޫވެސްކޮށްލި. މި ސަބަބުތަކައްޓަކާ އަޅުގަނޑު ނުކުމެ މިހުރީ އެފްއޭއެމް ރިފޯމް ކުރަން އެކަން ކާމިޔާބު ކޮށްފަ ނޫނީ އަޅުގަނޑު ހުއްޓައެއް ނުލާނަން"

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާއިން އެފްއޭއެމް އިންތިހާބުގެ ހުއްޓުވީ އެފްއޭއެމްގެ ހިންގުމުގައި ގިނަ މައްސަލަތަކެއް ފާހަގަވެ، އެ އެސޯސިއޭޝަނާ ގުޅޭ އެކި ކަހަލަ މައްސަލަތައް ތަކުރާރުކޮށް ފެންމަތިވަމުން އަންނާތީ އެވެ.

އެފްއޭއެމްގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، އިދާރީ ގޮތުންނާއި މާލީ ގޮތުން މުޅި ތަން ބޮއްސުން ލާފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމްގެ މައްޗަށް ކޮރަޕްޝަނާ މަނީ ލޯންޑްރިންގެ ދައުވާވަނީ ކްރިމިނަލް ކޯޓުގައި އުފުލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް