މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު ހިނގި މި ހާދިސާގައ މީގެ ދެ އަހަރު ކުރިން ބިނާކުރި އެ ސެންޓަރުގައި އަލިފާން ރޯވި އަލިފާންގަނޑު ނިއްވާލެވުނޫ ދެ ގަޑިއެއްހާރުގެ މަސައްކަތުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވީކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ރިޕޯޓްތައް ލިބިފައިވާ ގޮތުން ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ބޭނުންކުރަމުން ގެންދާ ބައެއް މެޝިނަރީޒް އާއި އަދި އެރަށު ފުޓުބޯޅަދަނޑުގައި ބޭނުން ކުރަމުންގެންދާ ޑްރެގް ބްރަޝް މެޝިންވެސް ހަލާކުވެފަ އެވެ.
މިއަދު މެންދުރު ހިނގި މި އަލިފާނުގެ ހާދިސާއާ ގުޅުގެން އަލިފާން ނިއްވާލީ ރަށު މީހުންގެ އިތުރުން އެ ރަށް ކައިރީ ހުންނަ ރިސޯޓްތަކުގެ އެހީއާއެކުއެވެ.