ads
ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ: ސަން
ފުލުހުންގެ އިމާރާތްތައް އަޅަން ހަވާލުކުރި ކުންފުނި ދެނެގަނެ ވިއްޖެ: އިހުސާން
ނިމުނު ސަރުކާރުން ފުލުހުންގެ އިމާރާތް އަޅަން ހަވާލުކުރި ކުންފުނި ދެނެގަނެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

"ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ކުރީ ސަރުކާރުން އިންދިރާ ޕްރޮޖެކްޓްގެ ނަމުގައި ރާއްޖޭގައި 60 އަކަށް ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތުގެ ވާހަކަ ފާހަގަކޮށްފަ އެވެ. އެގޮތުން ތަހުގީގަށް ފަހު އެ ކުންފުނި މިހާރު ވަނީ ދެނެގަނެވިފައިކަަމަށާއި އަދި އެކަމާ ބެހޭ އެގްރީމަންޓް އާއްސަ އޮތީ ޖޮއިންޓް ވެންޗާ ކުންފުންޔެއް ގޮތައްކަމަށް އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ބެލި ބެލުމުން އެ ކުންފުންނި އައިޑެންޓިފައި ކުރެވިފަ ނަަމަވެސް އެއީ ޖޮއިންޓް ވެންޗާ ކުންފުންޏެއްގެ ގޮތުގައި މި ދެންނެވި އެގްރީމެންޓަށް އާއްސަ އޮތީ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އެކަމުގައި މިހާތަަނަށް ލިބިފައިވާ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

"ޖޮއިންޓް ވެންޗާ އުވިގެން، އަޅުގަނޑުމެންނާ ހިސާބަށް ތިމަންނަމެން މިހާރު ޖޮއިންޓް ވެންޗާ އުވިއްޖެއޭ، ދެން މިތަނުން އެއް ކުންފުންޏޭ ދެން ކުރިއަށް ދާނީ، ދެން އަތުގައި ތިމަންނަމެންނަށް ސަރުކާރުން ދީފައި ހުރި 3.6 މިލިއަން ޑޮލަރުވެސް އެބަހުއްޓޭ ،މި ވަރަށް އަޅުގަނޑުމެންނަށް މައުލޫމާތު މި ވަނީ ލިބިފަ" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ މިމައްސަލަ މިހާރުވެސް ވަނީ  ފުލުންނަށް ޓާސްކްކޮށްފައި ކަމަށް ފާހަގަކޮށް އޭގެތެރެއިން އެއްވެސް ކަހަލަ ކޮރަޕްޝަނަށް މަގުފަހިވާކަމެއް އޮތްތޯ ބެލުމަށްފަހު އެ މައްސަަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސިސީ)އަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކަށަވަރުވާގޮތުންނަމަ އެ ކުންފުނީގެ އެކައުންޓަށް މިހާރު ވާނީ 3.6 މިލިއަން ޑޮލަރު ޖަމާކޮށްފައިކަަމަށެވެ. އަދި އެފަރާތުން ރާއްޖޭގެ ސަރުކާރުގެ ފަރާތުން އެ ފައިސާ ލިބިފައިވާކަަމށް އެއްބަސްވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފެކްޓް ފައިންޑިންގް ގެ ގޮތުގައި މިހާރުވެސް އަޅުގަނޑުމެން މި ދަނީ އިތުރަށް މިއާ ބެހޭ މައުލޫމާތުތައް އެއްކުރަމުން މިހާރު ޔަގީންވެ ކަށަވްރުވާގޮތުންނަމަ ދިވެހި ދައުލަތުގެ 3.6 މިލިއަން ޑޮލަރު ވަނީ މިދެންނެވި ޖޮއިންޓް ވެންޗާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފަ، އެލާރި އެމީހުން އަތުގަ އެބަހުރިކަމަށް އަޅުގަނޑުމެން ކައިރީ އެމީހުން އެއްބަސްވެފަ އެބަވޭ" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު  އޮތް ގާނޫނީ މައްސަލަ އަކީ އެމީހުންގެ ޖޮއިންޓް ވެންޗާ ރޫޅި ކުރިއަށް ދާނީ ކޮން ކުންފުންޔަކާ އެކު ތޯ ބެލުންކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެ މީހުންނަށް އެކަން ޔަގީން ވީމަ ދިވެހި ދައުލަތުގެ ފަރާތުން އެގޮތައް ދާން އެއްބަސްވާކަމުގައި ވެއްޖެއާމުން އެމީހުން އެބަ އެއްބަސްވޭ 3.6 މިލިއަން ޑޮލަރަށް ވާވަވަރަށް، އެއީ ގާތް ގަނޑަކަށް ބަލާނަަމަ 10 ވަރަކަށް ޕޮލިސް ސްޓޭޝަން، އެތަންތަން އެ ފައިސާއިން ތިމަންނަމެން އަޅައިދޭނެކަމަށް" އިހުސާން ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި 61 ރަށެއްގައި ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއާ އެވެ. މި މަޝްރޫގެ އަގަކީ 48 މިލިއަން ޑޮލަރެވެ. 2021 ވަނަ އަހަރު އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

އޭގެފަހުން ކުރީ ސަރުކާރުން ޕޮލިސްޓޭޝަންތަކެއް އެޅުމަށް ކަމަށް ބުނެ އިންޑިއާ ކުންފުންޏަށް ދިން 3.6 މިލިއަން ޑޮލަރު ގެއްލުނު މައްސަލައެއް ބެލުމަަށް އެދި މި ސަރުކާރުގެ ހޯމް މިނިސްޓްރީން ވަނީ ނިމުނު މާޗް މަހު ފުލުހަށް ހުށަހަޅައިފި އެވެ. 

މާޗް މަހު މިނިސްޓްރީން ބުނީ އޭގެ ފަހުން މިހާތަނަށްވެސް އެ ކުންފުނި ވީ ތަނެއް، އެ ކުންފުންޏާ ވާހަކަ ދައްކަން ޖެހޭ މީހެއް އަދި ކުންފުނީގެ ފަރާތުން، ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށް ދާން ޖެހޭ ގޮތެއްވެސް ހޯދިފައި ނުވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް