ހަބަރު /

" އިސްލާހު ވާން އެދޭނެމަ" ޅެންވެރިޔާ އައިޝަތު އަނީސް އަވަހާރަވެއްޖެ
މުހައްމަދު އާދަމް އަހްމަދު
04 އޭޕްރީލް 2025 - 19:35:23
ގިނަ ރީތި ލަވަތަކެއް ހައްދަވާފައިވާ އައިޝަތު އަނީސް އަވަހާރަވެއްޖެއެވެ.
އައިޝަތު އަނީސް އަކީ ގައުމީ އަޑުގެ ވެރިޔާ، އަދި ގައުމީ ގުރާގެ ގޮތުގައި މަޝްހޫރު އަލްމަރުހޫމް އަބްދުالله ހަސަންގެ އަނބިކަނބަލުންނެވެ.
އައިޝަތު އަނީސް އަވަހާރަވި އިރު އުމުރުފުޅަކީ 91 އަހަރެވެ. އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
އަލްމަރުހޫމް އަބްދުالله ހަސަން ކިޔުއްވާފައިވާ މަޝްހޫރު ބައެއް ލަވަތަކުގެ ޅެންވެރިޔަކީ އައިޝަތު އަނީސްއެވެ.
އޭގެ ތެރޭގައި "އޯވަޒަން"، "އިސްލާހު ވާން އެދޭނެމަ" ފާހަގަކޮށްލެވެއެވެ. މިނޫންވެސް ގިނަ ޅެންތަކެއް އައިޝަތު އަނީސް ވަބީ ހައްދަވާފައެވެ. އަދި އޭނާ ހެއްދެވި ގިނަ ޅެންތައް ލަވައިގެ ގޮތުގައި ވިދާޅުވީ ފިރިކަލުން އަބްދުالله ހަސަންއެވެ.
ހޮޅުދޫ އަބްދުالله އަވަހާރަވީ، ގިނަ އަހަރުތަކެއް ވަންދެން ބަލިވެ އުޅުއްވުމަށް ފަހު 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް