މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރުއާ އިސެސްކޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ސާލިމް އަލްމާލިކާއެކު ބޭއްވި ބައްދަލުވުގަ އެވެ.
އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި މި ބައްދަލުވުން ބޭއްވިއިރު އިސެސްކީގެ ޑިރެކްޓަރުގެ އިތުރުން ބައެއް އޮފިޝަލުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ވަޒީރުގެ ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރުން ކަމަށް ތަރިކައާއި ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ.
އިސެސްކޯގެ ޖެނެރަލް ޑރ. ސާލިމް އަލްމާލިކް ވިދާޅުވީ، ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ބަލަންޖެހޭ ކަންކަން ބައްލަވާ އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.