ads
ސުކޫލް ދަރިވަރުން
ކުރިޔަށް އޮތް 2 އަހަރުތެރޭ ރާއްޖޭގެ ހުރިހާ ސްކޫލެެއް އޭސީ ކުރާނަން: ޝަފީއު
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރާނެކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ދިރާސީ އަހަރު ފެށެންވާއިރަށް ބައެއް ސްކޫލްތަކަށް ފަންކާ ހޯދުމަށް ބެލެނިވެރިންގެ އެހީއަށް އެދި ސްކޫލްތަކުން ބެލެނިވެރިންނަށް މެސެޖްކޮށްފައި ވަނިކޮށެވެ. 

ޝަފީއު ފޭސް ބުކްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ މި ފެށޭ ދިރާސީ އަހަރާއި އެކު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަން ފަށާ މަޝްރޫއުތަކުގެ ތެރެއިން އެންމެ އިސްކަން ދެެެއްވާ ދެ ކަމުގެ ތެރޭގައި ސްކޫލްތައް އޭސީ ކުރުން ހިމެނޭކަމަށެވެ. އަދި  ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއު މިމަހުގެ ތެޜޭގައި ފައްޓަވާނެކަށެވެ. 

" އިރާދަކުރެއްވިއްޔާ، 2 އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކޮށް ނިންމާނަން. ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މޭ މަހުގެ ފަހު ހަފްތާގައި އިފްތިތާހު ކުރާނަން. إن شاء الله" ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ވަޒީރު ވިދާޅުވީ އަންނަ ދިރާސީ އަހަރާއި އެކު ފަށާ މަޝްރޫއުތަކުން ދެން އެންމެ އިސްކަމެއް ދޭނީ މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުންކަމަށެވެ. އަދި ސްކޫލްތަކުގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށްވެސް ފިޔަވަޅުތަކެއް އަޅާނެކަމަށް ވަޒީރު ޝަފީއު ވިދާޅުވިއެވެ. 

" މި ޕްރޮގްރާމާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ. އަދި ސްކޫލްތަކުގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނަން." ޝަފީއު ވިދާޅުވިއެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަދުވަހުއެވެ. އާ ދިރާސީ އަހަރަކާއި އެކު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން 967 ދަރިވަރަކު ވަނީ އެދިފައެވެ. އަދި މާލޭ ސަރަހައްދުން މުޅިން އަލަށް ގްރޭޑް 1 ވެއްދުމަށް 1992 ދަރިވަރުން ވަނީ އެދިފައެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް