ads
ގާޒާ ދެކުނުން ހޯދި ވަޅުން ނެގި ގަބުރުތަކެއް، އިސްރާއީލުން ވަނީ ޣައްޒާގެ އިރުމަތީ ޖަބަލިއާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި
ރަފަހް އަށް އަރައިގަތުން ގަތުލުއާންމެއްގެ ގޮތަށް ގިންތި ކުރެވިދާނެ: މާހިރުން
ފަލަސްތީނުގެ ގާޒާގެ ރަފަހްގެ އިރުމައްޗާއި މެދުތެރޭގައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުތަކުން ފައިބަން ޔަހޫދީ ފައުޖުން އަންގާ، ގާޒާގެ އެންމެ ދެކުނުން އޮތް ރަފަހްގައި މި ވަގުތު ފަލަސްތީނުގެ 1.4 މިލިޔަނެއްހާ މީހުނާއި ދެކޮޅަށް ޔަހޫދީން ހިންގަމުންދާ އަސްކަރީ އުދުވާން "ގަތުލުއާންމެއް" ގެ ގޮތަށް ގިންތި ކުރެވިދާނެ ކަމަށް އދ.ގެ މާހިރުން ވިދާޅުވެއްޖެ އެވެ.
Advertisement

ފަލަސްތީނުގެ ގާޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގެ ދަށުން އެ ސަހަރުގެ އުތުރުގައިވާ ރަށްތަކަށް ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރު އަލުން ފޮނުވައި, އުދުވާން މިހާރު ވަނީ ފުޅާކޮށްފަ އެވެ. އަސްކަރީ ޓޭންކުތަކާ އެކު ޔަހޫދީ ފައުޖުން ވަނީ ގާޒާގެ އިރުއުތުރުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕު އޮންނަ ސަރަހައްދަށް ވަދެފަ އެވެ.

ޔަހޫދީންގެ ފައުޖުތަކުން ވަނީ ޖަބަލިއާއާއި ބައިތު ލާހިޔާގައި ތިބި އާންމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް މީގެކުރިން އަންގައިފަ އެވެ.

ޖަބަލިއާ އަކީ ގާޒާގެ ތާރީހީ، އަށް ރެފިއުޖީ ކޭމްޕްގެ ތެރެއިން އެންމެ ބޮޑު ކޭމްޕެވެ. އެތަނުގައި ދިރިއުޅޭ އެއްލައްކައަށްވުރެ ގިނަ މީހުންނަކީ 1948 ވަނަ އަހަރު ކުރި އަރަބި އިސްރާއީލުގެ ހަނގުރާމައިގައި މިހާރުގެ ޔަހޫދީންގެ ރަށްތަކާއި ރަށްތަކުން ދުރުކުރި ފަލަސްތީނުގެ ދަރިކޮޅުގެ މީހުންނެވެ.

ޖަބާލިޔާއަކީ ގާޒާގައި އޮންނަ އެންމެ ބޮޑު, އަދި ދުވަސްވީ ރެފިއުޖީ ކޭމްޕެވެ. އެ ސަރަޙައްދުގައި ފަލަސްތީނުގެ 100,000އަކަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެ އެވެ.  

ޔަހޫދީންގެ ސިފައިން ޖަބަލިއާ ކޭމްޕަށް ވަދެފައިވާއިރު، އެ ސަރަހައްދަށް ހަމަލާތައް ދެނީ މީގެކުރިން ގާޒާގެ އުތުރަށް ދިން ހަމަލާތަކަށްވުރެ ވަރުގަދަ ކޮށް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ބުނެ އެވެ.

ރަފަހްގައި ހުންނަ ކުވައިތު ހަސްފަތާލުގެ ޑިރެކްޓަރު ސާހިބް އަލް-ހަމްސް ވިދާޅުވީ އެ ހަސްފަތާލު ހުސްކުރަން ވެސް ޔަހޫދީ ފައުޖުން އަންގާފައިވާ ކަމުގަ އެވެ. ޔަހޫދީ ފައުޖުގެ ރަހުމު ކުޑަ ހަމަލާތަކުގައި ޒަހަމު ކޮށްލާފައިވާ އެތަކެއް ސަތޭކަ ބަލި މީހުން އެ ހަސްފަތާލުގައި މި ވަގުތު ތިބި ކަމުގައި އޭނާ ވިދާޅުވި އެވެ.

"މި ތަނުގައި ތިބި ބަލި މީހުންނާއި ޒަހަމު ކޮށްލާފައިވާ މީހުން ދާނެ އިތުރު ތަނެއް ނެތް. މި ތަން ހިމާޔަތް ކޮށްދިނުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލަން،" ހަމުސް ވިދާޅުވި އެވެ.

މި ހަނގުރާމައިގައި މިހާތަނަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް 35،000 ވަރަކަށް ފަލަސްތީން ރައްޔިތުން މަރުވެފައި ވާއިރު، ގާޒާގެ އުތުރުގެ ސަރަހައްދުތަކަށް ބަނޑަށް ޖެހުމުގެ ހާލަތަކާ ކުރިމަތިވެފައިވާ ކަމަށް އދ.ގެ  ވޯލްޑް ފުޑް ޕްރޮގްރާމްގެ ވެރިޔާ ވަނީ ވިދާޅުވެފަ އެވެ.

މިއާ އެކު ވެސް އެންމެ އަސާސީ ހިދުމަތްތައް ގާޒާގެ ރައްޔިތުންނަށް ލިބޭ މިންވަރު މަދުކޮށް ޔަހޫދީން އަންނަނީ ގާޒާގެ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުން ނެވެ. މި ހަރަކާތްތައް ގަތުލުއާންމެއްގެ ގޮތަށް ގިންތި ކުރެވިދާނެ ކަމަށް ބުނެ އދ.ގެ މާހިރުން ވަނީ ތަކުރާރުކޮށް އިންޒާރު ދީފަ އެވެ.

your imageޔަހޫދީން ދެމުންދާ ހަމަލާތަކުން ސަލާމަތްވާން، ޕިކަޕަކަށް މުދާތައް އަރުވައިގެން ރަފަހް ދޫކޮށް ދަނީ. --ފޮޓޯ: އޭއެފްޕީ

ރަފަހްގައި ހުންނެވި އިންސާނީ އެހީގެ ކަންކަން ވިލަރެސްކުރާ އދގެ އިދާރާ (އޯސީއެޗްއޭ)ގެ އިސް އޮފިޝަލް, ޖޯރްޖިޔޯސް ޕިތްރޯޕަލީސް ވިދާޅުވީ ރަފަހްގައި ތިބި ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު ނެތް ކަމުގަ އެވެ. އަދި, އެތަކެއް ހާސް ބަޔަކު ބަދަލު ކުރެވޭނެ ގޮތެއް ވެސް ނެތް ކަމުގައެވެ.

"އެ މީހުންނަށް ހިޔާވަހި ކަން ފޯރުކޮށްދޭން ބޭނުން ކުރާނެ ފޭލިގެއެއް ނެތް. ރަޖާ ފަދަ ތަކެއްޗެއް ނެތް. އެނދެއް ނެތް. އެހާ ގިނަ އަދަދެއްގެ ބަޔަކު އެހެން ސަރަހައްދަކަށް ބަދަލުކޮށް, އިންސާނިއްޔަތަށް ޓަކައި ބޭނުންވާ އެހީގެ ސާމާނު ފޯރުކޮށްދެވޭނެ ގޮތެއް ނެތް،" ޕިތްރޯޕަލީސް ވިދާޅުވި އެވެ.

ހަމަލާތައް ވަގުތުން ހުއްޓާލައި، އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ނުކޮށްފި ނަމަ ގާޒާގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމުގެ އިންޒާރު އދ. އިން އަންނަނީ ތަކުރާރުކޮށް ދެމުންނެވެ. އަދި ބުނީ, ގާޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް