ads
ގްރީން ސްޓްރީޓްސް ޓީމު
ބޭރު ކުޅުންތެރިންގެ ވިސާ ކަންތަކުގައި ގްރީންއަށް ހުކުމެއް
ގްރީން ސްޓްރީޓްސްގެ ބިދޭސީ ކުޅުންތެރިންގެ ވިސާ ކަންތަކުގައި އެ ކްލަބުގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފިއެވެ.
Advertisement

ސިވިލް ކޯޓުން މިއަދު، ގްރީން ސްޓްރީޓްސްގެ މައްޗަށް އެ ކްލަބުގެ ގައިރު ހާޒިރުގައި ކޮށްފައިވާ ހުކުމަކީ، އެ ކްލަބަށް ކުޅެން ބިޒްނަސް ވިސާގައި ރާއްޖެ ގެނައި ކުޅުންތެރިންގެ ވިސާގެ މުއްދަތު ހަމަހަވުމުގެ ކުރިން ވިސާ އާ ކުރަން ހުށަހަޅާފައިނުވާތީ އެ ފައިސާ ހޯދުމަށް އިމިގްރޭޝަނުން އެ ކްލަބާ ދެކޮޅަށް ދައުވާ ކުރި މައްސަލައެއްގެ ހުކުމެވެ. 

ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ ބިދޭސީ ކުޅުންތެރިންގެ ވިސާ ކަންތަކާ ގުޅިގެން 45000 ރުފިޔާ ދެއްކުމަށެވެ. މި މައްސަލައިގެ ޗިޓް ގްރީން ސްޓްރީޓްސްއަށް ފޮނުވާފައިވީނަމަވެސް، ދައުވާއަށް ޖަވާބުދާރީ ވެފައި ނުވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. އަދި އެ މައްސަލައިގައި މިއަދު ހުކުމްކޮށްފައިވަނީވެސް އެ ކްލަބުގެ ގައިރު ހާޒިރުގައެވެ. ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މިއަދުން ފެށިގެން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށެވެ. 

ބިދޭސީ ކުޅުންތެރިންގެ ވިސާ ފީ ނުދައްކައިގެން ކޯޓު ހުކުމެއް ގްރީންއަށް ކުރިއިރު، މާލީ ދަތިތަކާ ހުރެ، ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހު މުބާރާތުގައި ވަކި ހިސާބަކުން އެ ޓީމުވަނީ މުބާރާތުން ވަކިވެފައެވެ. އޭރު އެ ކްލަބުން ބުނެފައިވަނީ ކްލަބުތަކަށް ސަރުކާރުން ފައިސާދިން އިރު ވަކި ކްލަބްތަކަށް ހަމައަށް ދީފައި އެހެން ކްލަބްތަކަށް ތަފާތުކޮށް ދިނީމަ ނުކުޅެން ނިންމީ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް