ސިވިކްއިން ބުނީ މި އޮފީސް މެދުވެރިކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ފުރުސަތުތައް ހޯދައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބޭރުގެ އެކި އިންވެސްޓަރުންނަށް ސަރުކާރާއި ދިވެހި ވިޔަފާރިތައް ތައާރަފުކުރަން މެދުވެރިއެއްގެ ރޯލު އަދާކުރާނެ ކަމަށް ސިވިކްއިން ބުނެ އެވެ.
ސިވިކްއިން ބުނެފައި ވަނީ ކަންޓްރީ ޗެއާގެ ހައިސިއްޔަތުން އެ މަސައްކަތުގައި އެންމެ ދައުރެއް އަދާކުރައްވާނީ ޖަނާހް ކަމަށެވެ.
ރާއްޖޭގައި ގާއިމުކުރާ އޮފީހުން ކޮމަންވެލްތުގެ 56 މެންބަރު ގައުމުގައި ހުރި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގެ ފުރުސަތުތައް ހޯދަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސިވިކްއިން ބުނެ އެވެ.
ސިވިކްއިން ބުނި ގޮތުގައި އެ އޮފީހުން ރާއްޖޭގެ ވިޔަފާރިތަކަށް ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ މަގުފަހިވާނެ ކަމުގަ އެވެ.