ads
މްއެމްއޭގެ އިމާރާތް.
އީދު ބަންދުގައި ބޭންކުތައް ހުޅުވާނީ ޖޫން 18 ގައި އެކަނި
މިއަހަރުގެ ބޮޑު އީދު ބަންދުގައި މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީއާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ޖޫން މަހުގެ 18 ވަނަ ދުވަހުކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައަޅައިފި އެވެ.

މި އަހަރުގެ ބޮޑު އީދާ އެކު، އަންނަ 16 އިން 20 އަށް ސަރުކާރު ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ޖޫން މަހުގެ 18 ވަނަ ދުވަހު އެމްއެމްއާއި ބޭންކުތަކުން ހިދުމަތް ދިނުމަށް ވަނީ ނިންމާފަ އެވެ.

މި ދުވަހު ބޭންކިން ހިދުމަތް، ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތާއި ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތް ލިބޭނީ ހެނދުނު 08:30 އިން މެންދުރު 14:00 އަށް ކަމަށް އެމްއެމްއޭއިން ބުނެ އެވެ. 

ބޭންކިން ހިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް