ads
މީހަކު ފިތުރު ޒަކާތް ދައްކަނީ
ޒަކާތާ ބެހޭ ހާއްސަ ދަރުސްތަކެއް މިރޭ ރާއްޖޭގެ އެކި ހިސާބުގައި
ޒަކާތާއި ެބހޭ ހާއްސަ ދަރުސްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި މިރޭ ބާއްވަން އިސްލާމިީ ކަންތަެއްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
Advertisement

އެ ވުޒާރާއިން ބުނީ މުދަލު ޒަކާތުގެ އުސޫލުތަކާއި މުހިއްމުކަމާ ބެހޭ ގޮތުން ބާއްވާ މި ދަރުސް ރާއްޖޭގެ އެކިކަންކޮޅުގެ މިސްކިތްތަކުގައި އޮންނާނީ މިރޭ މަޣުރިބު ނަމާދަށްފަހުގައިކަމަށެވެ. 

މި ދަރުސްތަކުގެ މަޤްސަދަކީ، މުޖުތަމައުގެ ތެރޭގައި އިޖްތިމާއީ ރައްކާތެރިކަމާއި ހަމަހަމަކަން ކުރިއެރުވުމުގައި އިސްލާމީ އުސޫލްތަކަށް ބާރުއަޅައި، މުދަލު ޒަކާތުގެ  މުހިންމުކަމަށް  ހޭލުންތެރި ކުރުންވުންކަމަށްް އިސްކާމީ ކަންތައްތަކައި ބެހޭ ވުޒާރާއިން ބުނެއެވެ. މި ދަރުސްތަކުގައި  ވީހާވެސް  ގިނަ  ފަރާތްތަކުން  ބައިވެރިވުމަށް އެ ވުޒާރާއިން  އިލްތިމާސްކުރެއެވެ. މި  ދަރުސްތަކުގައި ބައިވެރިވުމަށް ބާރުއަޅަނީ  މީގެ  ސަބަބުން  ޒަކާތާއި  ގުޅޭ އިލްމު އިތުރުކޮށް، ޒަކާތުގެ ވާޖިބު އަދާކުރުމަށް ބާރުއެޅުމަށްކަމަށްވެސް އިސްކާމީ ކަންތައްތަކައި ބެހޭ ވުޒާރާއިން ބުނެއެވެ

ދަރުސް އޮންނަ ރަށްތައް

  • މާލެ / ވިލިމާލެ / ހުޅުމާލެ 
  • ހއ. އިހަވަންދޫ 
  • ހއ. ހޯރަފުށި
  • ހއ. ކެލާ 
  • ހއ. މާރަންދޫ 
  • ކުޅުދުއްފުށި ސިޓީ 
  • ށ. ޅައިމަގު 
  • ށ. ފޯކައިދޫ 
  • ނ. މާފަރު 
  • ރ. ފައިނު 
  • ރ. ރަސްގަތީމު 
  • ރ. ހުޅުދުއްފާރު 
  • އއ. ތޮއްޑޫ 
  • އއ. ދަނގެތި 
  • ދ. ކުޑަހުވަދޫ 
  • ތިނަދޫ ސިޓީ 
  • ފުވައްމުލަކު ސިޓީ 
  • އައްޑޫ ސިޓީ / ހިތަދޫ / ފޭދޫ / ހުޅުދޫ / މީދޫ

މިއަދުގެ ހުކުރު ހުތުބާވެސް ހާއްސަކޮށްފައިވަނީވެސް މުދަކަތު ޒަކާތް ދެއްކުމުގެ މުހިއްމުކަމުގެ މައްޗަށެވެ. ހުތުބާގައި ވަނީ ދިވެހިން ހާއްސަ އިސްކަމެއް ދީގެން ފިތުރު ޒަކާތްދެއްކި ނަމަވެސް އިސްލާމްދީނުގެ ރުކުނެއް ކަމުގައިވާ މުދަލު ޒަކާތް ގިނަ ބަޔަކު ނުދައްކާކަން ފާހަގަކުރެވޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް