ޖޭއެސްސީގެ މެންބަރު ކަމަށް އުއްމު އައްޔަން ކުރެއްވީ، އެމްޑީޕީގެ ވެރިކަމުގައި 2020 ވަނަ އަހަރުއެވެ. އެ ކޮމިޝަންގައި އުއްމުގެ ދައުރު ހަމަވީ މި ހިނގާ އޮގަސްޓް މަހުގެ ކުރީކޮޅުއެވެ. އެ މަގާމުގެ ދައުރު ހަމަވުމުން، އުއްމު ދެން ކުރިމަތިލެއްވީ ސިވިލް ސަރވިސް ކޮމިޝަނަށެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މިހާރުގެ ތިން މެމްބަރުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަނަށް އުއްމު ކުރިމަތިލެއްވިއިރު، އުއްމުގެ ނަންވެސް ރައީސް މުއިއްޒުވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.