ads
ސީ-ޓު-އެއާ ކާގޯގެ ފުރަތަމަ ޓްރާންސްޝިޕްމަންޓް ރާއްޖެއަށް ވަނީ ގެނެސްފައި - ފޮޓޯ:ވީއައިއޭ
ސީ-ޓު-އެއާ ކާގޯގެ ފުރަތަމަ ޓްރާންސްޝިޕްމަންޓް ރާއްޖެ ގެނެސްފި
"ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް" ހިދުމަތުގެ ދަށުން ފުރަތަމަ ޓްރާންސްޝިޕްމަންޓް ރާއްޖެއަށް ގެނެސްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ކާގޯ ޕާޓްނަރު، ޓާކިޝް އެއާލައިންސްއިން ފުރަތަމަ ކާގޯ ޓްރާންސްޝިޕްމަންޓް ގެނެސްފައިވާ ކަމަށެވެ.

ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ފޯރުކޮށްދިނުމަށް ތިން ފަރާތަކާ އެކު އެމްޕީއެލުން ފަހުމުނާމާއެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ. ޓްރާންސްޝިޕްމަންޓް ހިދުމަތް ފެށުމަށް ޓާކިޝް އެއާލައިންސްއިން ސޮއިކުރީ އެ ހިދުމަތުގައި ކާގޯ ޕާޓްނަރެއްގެ ގޮތުގަ އެވެ.

ޓްރާންސްޝިޕްމަންޓް ހިދުމަތް ދިނުމަށް ކެރިއާ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އާއެކު ސޮއިކުރިއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު އެމްޕީއެލުން ސޮއިކޮށްފައި ވަނީ "ސީޓު-އެއާ" ހިދުމަތް ފޯރުކޮށްދިނުމުގައި އެއްބާރުލުންދީ، ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންނެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެފައިވާ ގޮތުގައި މި ހިދުމަތާ އެކު އެ ކުންފުނީގެ އިތުރުން މުޅި ރާއްޖޭގެ އިގުތިސޯދަށް ވެސް ހެޔޮ ބަދަލުތަކެއް ގެނުވާނެ ހިދުމަތަކަށް އެ ހިދުމަތް ވާނެ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް