ads
މަސްވެރިކަން ޕްރޮމޯޓު ކުރާ ކުންފުނި: މީ ސަރުކާރުން ބުނާ ގޮތުގައި މިއީ މަސްވެރިކަމުގެ ސިނާއަތުގެ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް
މަސްވެރިކަން ޕްރޮމޯޓު ކުރާ ކުންފުނީގެ ބޯޑަށް ވެރިން އައްޔަނުކޮށްފި
ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓު ކުރަން މި ސަރުކާރުން އުފެއްދި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރުއެމްޕީސީ) ގެ ބޯޑު އެކުލަވާލައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި އިއުލާނެއްގައި ވަނީ މި ކުންފުނީގެ ބޯޑަށް އައްޔަނުކުރި ފަސް މެމްބަރުންގެ ނަން އިއުލާންކޮށްފައެވެ.

މި ބޯޑުގައި ހިމެނެނީ:

 1. އަހުމަދު ޒަރީރު / ދ. މާއެނބުދޫ، ދިލްކުސާގެ - މެނޭޖިން ޑިރެކްޓަރު
 2. މުންޝިދާ އިބްރާހިމް / ގ. އޮނުހުރި  - ބޯޑު މެމްބަރު
 3. އަހުމަދު ޝިފާޒް / ނައިޓްރޯސް / ތ. ދިޔަމިގިލި - ބޯޑު މެމްބަރު
 4. އަހުމަދު ޔާމީން / ގްރީންވިލާ / ސ. މީދޫ - ބޯޑު މެމްބަރު
 5. އާދަމް މަނިކު /  ހ. ސަމާބްލޫ  - ބޯޑު މެމްބަރު

ސަރުކާރުން ހުސްވި އަހަރުގެ ޑިސެމްބަރުގައި އުފެއްދި މި ކުންފުނީގެ ބޭނުމަކީ، ސަރުކާރުން ބުނާ ގޮތުގައި، އެކުއަކަލްޗާ އާއި މެރިކަލްޗާ އާއި ކަނޑުގެ ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށްގެން އޭގެން ލިބޭ މަންފާ އިތުރުކުރުމެވެ.

އެގޮތުން, މި ކުންފުނިން ދިވެހި އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް އެ ތަކެތި ޕްރީމިއަމް ޕްރޮޑަކްޓެއްގެ ގޮތުގައި ރާއްޖެ އާއި ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމާއި އާ މާކެޓުތައް ހޯދުން ހިމެނެ އެވެ.

"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން" އުފައްދަން ނިންމީ ޑިސެންބަރު 17، 2023 ގައި ބޭއްވި ކެބިނެޓް ބައްދަލްވުމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް